އައްޑޫސިޓީގައި މި ސަރުކާރުން އެންމެގިނަ މަޝްރޫޢުތައް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ދާއިރާގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.
އަނދުން ޙުސައިން އިލްޔާސް ލަބީބަށް ރައްދު ދެއްވާފައި މިވަނީ އައްޑޫ ސިޓީގައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުހިންގާކަމަށް އިލްޔާސް ލަބީބު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން ވެރިކަމަށް 4 އަހަރު ވެފައިވާއިރު އައްޑޫގެ ދެ ރިސޯޓުވެސް އޮތީ ބަންދު ކޮށްފައި ކަމަށާއި ސަރުކާރުން އައްޑޫސިޓީ ހިންދާލީ ކަމަށް އިލްޔާސްވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ކެމްޕޭން ޖަލްސާއެއްގައި ރޭ އައްޑޫ ސިޓީގައި ވާހަކަދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ އައްޑޫގައި ސަރުކާރުން 5،000 މިލިއަނެއްހައި ރުފިޔާގެ މަޝްރޫޢު ހިންގާ ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް އެންމެ ބާރު ސްޕީޑްގައި ކުރިއަށްދަނީ މެންބަރު އިލްޔާސްގެ ދާއިރާގައި ކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.
"އައްޑޫސިޓީގައި މިހިންގާ 5000 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގައި މިހާރު އެންމެ ބާރަށް މަސައްކަތް ފެށިގެން ހިނގަނީވެސް އިލްޔާސް ލަބީބް ހޮވިވަޑައިގެންފައިވާ ހުޅުދޫ ދާއިރާގައާއި މީދޫ ދާއިރާގައި. ގުޅިފައި މިއޮތް ރަށްރަށުގައި އެ ސްޕީޑްގައި މަސައްކަތްތަކެއް ނުހިނގާ. އެއީ ކޮވިޑާ ގުޅިގެން." އިލިޔާސް ލަބީބަށް ރައްދު ދެއްވަމުން އަނދުން ޙުސައިން ވިދާޅުވިއެވެ.
އައްޑޫސިޓީގެ ރައްޔިތުންނަށް މި އިންތިޚާބުގެ ތެރެއިން އައްޑޫގެ ތަރައްޤީއަށް ޙަޤީޤަތުގައި އެންމެ ބޮޑަށް މަސައްކަތްކުރާ މީހުން ސާފުވާނެކަން ފާހަގަކުރަށްވަމުން އަނދުން ޙުސައިން ވިދާޅުވީ އައްޑޫގައި 5000 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ސަރުކާރުން ހިންގަވަނީ އެސީޓީއާމެދު ރައީސްގެ ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.
ރޭގެ ޖަލްސާގައި އަނދުން ޙުސައިން ވިދާޅުވީ އައްޑޫގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް މިހާތަނަށް ދެބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ބާކީހުރި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށްވެސް އަނދުން ޙުސައިން ވިދާޅުވިއެވެ.
މިއީ އައްޑޫގެ ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ރައްޔިތުންގެ ޖީބަށް ވަންނާނެ ފައިސާކަމަށާއި މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން އައްޑުއަށް ނުކުރާވަރުގެ ބޮޑު ހޭދައެއް ކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު