2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަން ބޭނުންނަމަ އެ ޕާޓީގެ ޗެއާޕާސަނަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންތިޚާބުކުރަންޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭނުގައި ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ މިއީ 2022 ވަނަ އަހަރުކަމަށާއި މީގެ ކުރިން އެމްޑީޕީ މަސައްކަތްކުރިގޮތަށް މަސައްކަތްކޮށްގެން މިހާރު ކުރިއަށް ނުދެވޭނެ ކަމަށެވެ. އެގޮތުން ސަރުކާރު ރަނގަޅަށް ހިނގާ މަންޒަރު ފެންނާނީ އެމްޑީޕީވެސް ރަނގަޅަށް ހިނގައިގެން ކަމަށް އަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ ވަކި މީހަކަށް ކަމެއްކޮށްދޭކަށެއް ނޫން. އަޅުގަނޑުމެން މިއުޅެނީ ކަމަށް ގާބިލްމީހަކު ހޮވައިގެން ކަންތައްތަކެއް ހިންގޭތޯ" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ރާއްޖެއަށް މީގެކުރިން ނާންނަވަރުގެ ތަރައްޤީ މިސަރުކާރުން ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަންކަން އެންމެ ރަނގަޅަށް ކުރެވޭނީ ސަރުކާރާއެކު އެމްޑީޕީވެސް ހިނގައިގެން ކަމަށެވެ. އަދި 2023 ބޭނުންނަމަ މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ހޮވަންޖެހޭކަމަށް އަމީރުވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ދިޔަ ގިނަ ރަށްރަށުގައި ހަމަ ހަރުގެއެއްވެސް ނުހިނގާ. މެމްބަރުން އަމިއްލަ ޖީބުން މިހާރުވެސް ގިނަ ކަންކަން ކުރަނީ." އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގެ 90 އިންސައްތަ މަސައްކަތްވަނީ އެވޯޑްކުރެވިފައި ކަމަށެވެ. އަދި މިހާރު ކުރަންޖެހޭ ކަމަކީ ކޮންޓްރެކްޓަރުންނާއި ވާހަކަދައްކައިގެން އެ މަސައްކަތްތަކުގެ ދުވެލި ހަލުވިކުރުންކަމަށް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު