ޝެއިޚް ޒަމްޒަމް ފާރިޝަށް ފިޔަވަޅުއެޅީ ޢަރަބިއްޔާ ސްކޫލް އިތުރަށް ނިކަމެތި ކުރުމަށްކަމަށް އިސްލާމްދީނުގެ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީގެ މެންބަރު ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނެރުއްވި ގަރާރަށް ފާޑުވިދާޅުވެ ޓްވީޓެއްކުރެއްވި މައްސަލައިގައި ޢަރަބިއްޔާ ސްކޫލުގެ މުދައްރިއްސެއްގެ ވަޒީފާގައި ހުންނެވި ޝެއިޚް ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
ޒަމްޒަމަކީ ޢަރަބިއްޔާ ސްކޫލުގައި ޙަދީޘް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވާ މުދައްރިސެކެވެ. ރައީސްގެ ގަރާރަށް ފާޑުވިދާޅުވެ ޒަމްޒަމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
ޒަމްޒަމަށް އެޅި ފިޔަވަޅާ ގުޅިގެން އޭނާ ވިދާޅުވީ ރައީސްގެ ޤަރާރަށް އޭނާ ގޮންޖަހާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވަނީ އަލުން އެ ޓްވީޓްގައި އޭނާ ވިދާޅުވި އެއްޗެއް މާނަކޮށްދެއްވާފައެވެ.
ޒަމްޒަމަށް ހިތްވަރުދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ ޒަމްޒަމަށް ފިޔަވަޅުއެޅީ ޤައުމީ ސަލާމަތަށް ނުރައްކާވެގެން ނޫން ކަމަށާއި ރައީސްގެ ޤަރާރަކާއި ޚިލާފުވެގެންނެއްވެސް ނޫން ކަމަށެވެ.
"އެއީ ޢަރަބިއްޔާ ސްކޫލް ނިކަމެތިކުރަން ތަޢުލީމީ ވުޒާރާއިންކުރާ ބުރަ މަސައްކަތުގެ ސިލްސިލާ ބޮޅެއް." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ މާތް اللهއަށް ތަޤްވާވެރިވެއްޖެމީހާއަށް މަގުދައްކަވާނެކަމާއި ހީވެސް ނުކުރާ ގޮތްގޮތަށް ރިޒްޤު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ކީރިތި ޤުރްއާނުގައި ދެއްވާފައިވާ ކަމަށެވެ.
"އެޑިއުކޭޝަން މިނިސްޓްރީއަށް ވަޒީފާ ހިފެހެއްޓުނަސް اللهގެ ރިޒްޤު ބަންދެއް ނުކުރެވޭނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ސޮއި ކުރައްވައި ޒަމްޒަމަށް ފޮނުއްވި ލިޔުމުގައި ވަނީ، އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ހިލާފުކަމެއް ކަމަށާއި، އަދި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލެއް ކަމަށެވެ.
އެހެންކަމުން، އެކަން ބަލާ ތަހުގީގުކޮށް ނިމެންދެން ޝައިހް ޒަމްޒަމް މުސާރަ ނުލިބޭގޮތަށް 30 ދުވަހަށް ސަސްޕެންޑް ކޮށްފައިވާކަމަށް ލިޔުމުގައި ވެއެވެ. އަދި މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އެއީ ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު