ރައީސް ޔާމީން ގެންގުޅުއްވަނީ ނަސްލީ ތަފާތުކުރުމާއި ސިޔާސީ ހައްދުފަހަނައެޅުމުގެ ވިސްނުން ކަމަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ލީޑަރ ކުރީގެ ރައީސް ޢަބްދުالله ޔާމީން އިސްވެ ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން އެމްޓީޑީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީނު ގެންގުޅުއްވާ ނަސްލީތަފާތުކުރުމުގެ ސިޔާސީ ހައްދުފަހަނައެޅި ފިކުރުގެ ޙަރަކާތެއް ކަމަށެވެ.
އަދި އެއީ އިންޑިއާއާއި އަދި އިންޑިއާ ދަރިފަސްކޮޅުގެ ނަސްލާއިމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދާ އޭގެ ސަބަބުން މިގައުމު ހަމަނުޖެހުމަކަށް ވައްޓާލާ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް މިރީތި ގައުމު އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށްކުރާ މަސައްކަތެއް ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.
"މިކަން ހުއްޓުވަން ގައުމީ ސަލާމަތާބެހޭ ކޮމިޓީއިން ނިންމާ ރައީސް ޞާލިޙްގެ ގަރާރަކުން ކަނޑައެޅުމަކީ ދިވެހި ގައުމުގެ ދިފާޢުގައި ރައީސް ޞާލިޙް ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅެއް." އެމްޓީޑީގެ ބަޔާނުގައިވެއެވެ.
ކޮވިޑާއި ހަނގުރާމައިގެ ވިލާތަކެއްގެ ދަށުގައި ދުނިޔޭގެ ގައުމުތައް އިނދަޖެހި އެތައް ދަތިތަކެއްގައި އުޅެމުންދާ ކަމަށާއި އަދި އެންމެ ކައިރިން އަވައްޓެރި ސްރީލަންކާ ރައްޔިތުން އުޅެމުންދާ ހާލާއި ދިވެހި ގައުމުގެ އަދުގެ އާންމު ހާލަތު އަޅާމިނެކިރާލާއިރު ދިވެހިން މިއަދު މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން ޖެހޭ ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.
ނަމަވެސް ދިވެހި ގައުމުގެ ހާލަތު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ރައީސް ޔާމީނާއި މަދުބަޔަކު ހުއްޓާނުލާ ކުރާ މަސައްކަތަށް ފުރުސަތު ދީގެން ބަލަންތިބެގެން ނުވާނެކަން އެ ޕާޓީއިން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.
ރައީސް ޔާމީނު އަމިއްލަ އާއިލާ ދިރިއުޅުއްވާ ގެކޮޅުވެސް ނަފުރަތުގެ ރަމްޒަކަށް ހައްދަވާ ފެއްޓެވި "އިންޑިއާ އައުޓް" ބެނަރ ކެމްޕޭން ފުލުހުން ކޯޓް އަމުރާއި އެކީގައި ހުއްޓުވުމަކީ އެއްވެސް ފަރާތަކަށް ގާނޫނުން މަތީގައި އުޅުމުގެ ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ އިންޒާރެއް ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.
މިގައުމަކީ ގާނޫނު ނުހިނގާ ގައުމަކަށް ބަދަލުވާން ދޫކޮށްލެވޭނެ ގައުމެއްނޫން ކަމަށާއި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅައިގެން ކޮވިޑާއި އިގްތިސާދު ހަމަޔަކަށް ރައީސް ސާލިހު އެޅުއްވިގޮތަށް، އެމަނިކުފާނު އިސްނަންގަވައިގެން ވަކި ނަސްލަކާއި ދެކޮޅަށް ރައީސް ޔާމީނު ފަށްޓަވާފައިވާ ނުރައްކާތެރި ރޭސިސްޓް ހޭޓް ކެމްޕޭން ހުއްޓުވުމަކީ މިގައުމުގެ އަދުގެ ހާލަތާއި ދިވެހި ގައުމުގެ މުސްތަގުބަލަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ގޮތުގައި އެޕާޓީން ދެކޭ ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު