ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ގުޅީފަޅު ހިއްކަމުންދާތީ ވިލިނގިލީ ފަރަށް ގެއްލުންތަކެއް ލިބިދާނެ ކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު މަލާމާތުގެ ރައްދެއް ދެއްވައިފިއެވެ.

ގުޅިފަޅު ހިއްކާތީ އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ އީޕީއޭގެ ވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވަނިކޮށް ވިލިމާލެ ދާއިރާގެ މެންބަރު މިހާރުވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށައަޅުއްވާފައެވެ.

މިމައްސަލައިގައި މަލާމާތުގެ ރަށްދެއް ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ ގުޅިފަޅު ހިއްކާތީ ވިލިނގިލީގެ ފަރަށް ގެއްލުން ލިބޭ ވާހަކަ ދައްކާއިރު ތިލަފުށީގައި ގިރަމުންދާ ގޮނޑެއް އޮންނަތާ މިހާރު އެތައް ޒަމާނެއް ވެފައިވާއިރު އެވާހަކަ ދައްކައި އެކަމާ ކަނބޮޑުވާ ބަޔަކުވެސް ނޫޅޭ ކަމަށެވެ. މޫސަ ވަނީ ވިލިނގިލި ފަރު ނޫނަސް އެސަރަހައްދުގައި ފަރުތައް އެބަހުރި ކަމަށާއި އެ ފަރުތައްވެސް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

"ބުރިޖު އަޅަން ވަޢުދުވޭ، ބަނދަރު ހަދަން ވައުދުވޭ، ބިން ހިއްކައި ރަށްބޮޑުކޮށްދޭން ބުނީމާ ވޯޓުދިނީމާ ވެރިކަމަށް އަރާ ބުރިޖު މަސައްކަތާ ބަނދަރާ ބިންހިއްކަން ފެށީމަ އެންވަޔަރމަންޓް ގުޑަނީ." ހުޅުހެންވޭރު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި މޫސާ މަނިކު ވިދާޅިވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ހަމިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ބޮސްކާލިސް ކުންފުނިންނެވެ. ގުޅީފަޅު ހިއްކަމުންދާތީ ވިލިނގިލީގެ ފަރުތެރެއަށް ކިސަޑު އެޅެމުންދާތީއާއި ވިލިނގިލީގެ ފަރު ހަލާކުވެދާނެތީ އެކަމާ ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އީޕީއޭގެ ވެރިންގެ މެދުގައިވެސް ވަނީ ޚިޔާލު ތަފާތު ވެފައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް އެމައްސަލަ ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ހައްޕު

05-Jun-2020

ވިޝާމް އައް ދާއަރާއައް ކަމެއްކޮއް ނުދެވޭތާ ސަރުކާރުން ކަންތައްތައް ކޮންދޭން ފެށީމަ ފަޔައް ހިނިއަރަނީތަ!



ފަހުގެ ލިޔުންތައް

ޓްރެންޑިން