ރައީސް މުޙައްމަދު ނަޝީދު (ވ) އާއި ރައީސް ޞާލިޙް (ކ)
ރައީސް މުޙައްމަދު ނަޝީދު (ވ) އާއި ރައީސް ޞާލިޙް (ކ)
އެމްޑީޕީ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ 2023 ވަނަ އަހަރުގެ އިންތިޚާބަށް އިދިކޮޅުން ކުޅޭނެ ކާޑުތައް ތައްޔާރުކޮށްދެމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިމޭރުމުން ވިދާޅުވީ އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއި ފެޔަށް ޖެހުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެމްޑީޕީގެ އިސްމެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މިހާރު އޮތީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫންކަމަށާއި މިއީ ކޯލިޝަން ސަރުކާރެއްކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން ބޭނުންވާ ކަންތައްތައް ހާސިލްކޮށް ދިނުމުގައާއި ޕާޓީގެ ވަޢުދުތައް ފުއްދުމުގައި ސަރުކާރު ފަހަތުފަޔަށް ބުރަވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތައް ރާޝިދު ސިފަކުރަށްވާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި، ކުޅޭނެ ކާޑުތައް ތައްޔާރުކޮށްދިނުމުގެ ޢަމަލެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ނަޝީދުގެ ވާހަކަފުޅަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެމްޑީޕީގެ ރައީސް އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވާ ވަރަށްވުރެ ސަރުކާރު މާ ކާމިޔާބު ކަމަށް ރާޝިދު ވިދާޅުވިއެވެ.

"މިފެންނަނީ 2023 ގައި އެމްޑީޕީ ބަލި ކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި، ކުޅޭނެ ކާޑުތައް ތައްޔާރުކޮށް، ލިޔެދީ ހިންގާ ބޮޑު ޖަރީމާއެއް" ރާޝިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވުން އިތުރުކުރަށްވަމުންނެވެ. އަދި މިއީ އެމްޑީޕީ ސަރުކާރުން ވަކިވުމަށް ރައީސް ނަޝީދު މިހާ ފާޅުކަންބޮޑު ގޮތެއްގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިންވެސް މަސްވެރިންނަށް މަހުގެ ހަމައަގު ނުލިބޭ މައްސަލާގައި ރައީސް ނަޝީދުވަނީ ސަރުކާރަށް ރައްޔިތުންގެ ތާޢީދު މާބޮޑުކަމަށް ފެނުނު ނަމަވެސް އެވަރުގެ ތާޢީދެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށްވެސް ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ 50 އިންސައްތަ ތާޢީދު ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރި ގަދަވެ މުޅި ޕާޓީ ވަނީ ދެބައި ވެފައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާޢީދާއެކު ދެ ބޭފުޅަކު އިންތިޚާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ޖިނާޢީ ބޮޑެތި ތުހުމަތުތައްވެސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


0

ބުލްބުލް

25-Apr-2022

ކިތައްމެ ކާޑެއް ހުއްޓަސް މި 5 ނިނުނީމަ ދެން ނިމުނީ. ޢަދިވެސް ވެރިކަން ކުރަން ބޭނުން ވަނީނަމަ ރައްޔިތުން އެދޭ އެދުމަކީ ކެނެރީގެ ނަޝީދު , ކެރަފާ ނަސީމު , މިނިސްޓަރ އަސްލަމް , އިމްތިޔާޒު ފަހުމީ ފަދަ ނާގާބިލި ވެރިން ބޭރު ކުރެވިގައިވާ ޕާތީ އަކަށް ޕާޓީ ވެގެން.


-6

ތޯރިގު

25-Apr-2022

ގިފިލި ބަލާ މެމްބަރުތީކާކު ކިތައްޕާޓީންދުވެފިންތޯމިހާރު