ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން ޖަލަށްލީ ނުހައްގުން ކަމަކަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ވިދާޅެއްނުވެވޭނެ ކަމުގައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފައްދައި ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަން ރޫޅުމާ އެކު އެމަނިކުފާނުގެ ދިފާއުގައި އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނަވާ މަންޒަރު ފެންނާނެ ކަމަށް ދަރިކަލުން ޣައްސާން މައުމޫން އިއްޔެ ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމިން ޖަލަށްލީ ނުހައްގުން ކަމަށް ރައީސް މައުމޫން އަބުދުލްގައްޔޫމަށް ވިދާޅެއް ނުވެވޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ މިޓުވީޓްގައި އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީނަށް ނުހައްގުން، ސިޔާސީ ހުކުމެއް އިއްވި ނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު، ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ޣައްސާނު އިއްޔެ ވިދާޅުވީ އެ ދުވަސް ވަރަށް ގާތުން އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ދެން އިޝާރާތް ކުރެއްވި ކަންތައް (ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށް މައުމޫނާއި ފާރިސް ވިދާޅުވާ ތަން) ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ،" ޣައްސާންގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމިން ޖަލަށްލީ ނުހައްގުން ކަމަށް ރައީސް މައުމޫނަށް ވިދާޅުނުވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔާމިން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Raees Yameen jalahlee nuhaqqun kamah Raees Maumoon akah vidhaalheh nuveveyne
— Mohamed Nasheed (@MohamedNasheed) June 1, 2020
ރައީސް ޔާމީނަށް ނުހައްގުން، ސިޔާސީ ހުކުމެއް އިއްވި ނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު، ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ޣައްސާނު އިއްޔެ ވިދާޅުވީ އެ ދުވަސް ވަރަށް ގާތުން އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ދެން އިޝާރާތް ކުރެއްވި ކަންތައް (ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށް މައުމޫނާއި ފާރިސް ވިދާޅުވާ ތަން) ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ،" ޣައްސާންގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމިން ޖަލަށްލީ ނުހައްގުން ކަމަށް ރައީސް މައުމޫނަށް ވިދާޅުނުވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔާމިން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު