ފުރަބަންދުގެ މިހާލަތުގައި ދައުވާ ކޮށްދިނުމަށް އެދި 45 މައްސަލައެއް، އޮންލައިންކޮށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޕީޖީ ވިދާޅުވީ، ކޯވިޑް-19 ރޯގާއާއި ގުޅިގެން މާލެ ސަހަރައްދު ފުރަބަންދު ކޮށްފައިވާ މިދަނޑިވަޅުގައިވެސް ޕީޖީ އޮފީހުން، ކްރިމިނަލް ކޯޓަށް 45 މައްސަލަ ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީ ޝަމީމު ވިދާޅުވީ، އެކޭސް ތަކާއި ގުޅޭ 77 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، ކްރިމިނަލް ކޯޓަށް ހާޒިރުވުުގެ ބަދަލުގައި އޮންލައިންކޮށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކޯޓުތަކަށް އޮންލައިންކޮށް ލިޔެކިޔުންތައް ބަދަލުކުރަން ޕީޖީ އޮފީސް އޮތީ ތައްޔާރަށް ކަމަށްވެސް ޝަމީމު ފާހަގަކުރެއްވިއެވެ.
އޮންލައިންކޮށް، ކޯޓުތަކާއި ޖުޑީޝަރީ ދާއިރާގެ އިދާރާތަކާ ދެމެދު ލިޔެކިޔުންތައް ބަދަލުކުރުމާއި އަދި ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށްގެންދެވެން ހުރި ޝަރީއަތްތައް އެގޮތަށް ކުރިއަށް ގެންދިއުމަކީ، ކޯވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށްވާ އިޖުތިމާއީ ގައިދުރުކަން ގާއިމު ކުރެވޭ، އަދި ވަރަށް ރައްކާތެރި ގޮތެއްކަމަށް ޕީޖީ ޝަމީމު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އޮންލައިންކޮށް، ލިޔެކިޔުންތައް ބަަދަލުކުރުމާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ހިންގޭނެ ޝަރީއަތްތައް ހިންގުމާއި، މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަކީ، ޚަރަދުގެ ގޮތުންނާއި ވަގުތު ސަލާމަތް ކުރުމުގެ ގޮތުންވެސް ގާއިމުކުރަން ވަރަށް ރަނގަޅު އިންތިޒާމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި އެންމެ އެކުގައި މަސައްކަތްކޮށް، ކޯޓުތަކަށް ވަޑައިގެން ލިޔެކިޔުންތައް ހުށަހެޅުމާއި ލިޔެކިޔުންތައް ބަދަލު ކުރުމުގެ ބަދަލުގައި، އޮންލައިންކޮށް، ލިޔެކިޔުންތައް ހުށަހެޅުމާއި ލިޔެކިޔުންތައް ބަދަލުކުރުމަށް ބާރު އެޅުމަކީ މުސްތަގުބަލަށް ބަލާއިރު ރަނގަޅުކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

During #covid19 May2020 lockdown, @PGO_MV sent 45 cases (77 charge sheets) to @CRCMaldives. We sent all documents ONLINE. Contact less & safe. We are ready to send to atoll courts too. Will be good NOT go back to sending papers. Together, let's move into the future @judiciarymv
— Hussain Shameem (@HuShameem) June 1, 2020
އޮންލައިންކޮށް، ކޯޓުތަކާއި ޖުޑީޝަރީ ދާއިރާގެ އިދާރާތަކާ ދެމެދު ލިޔެކިޔުންތައް ބަދަލުކުރުމާއި އަދި ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށްގެންދެވެން ހުރި ޝަރީއަތްތައް އެގޮތަށް ކުރިއަށް ގެންދިއުމަކީ، ކޯވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށްވާ އިޖުތިމާއީ ގައިދުރުކަން ގާއިމު ކުރެވޭ، އަދި ވަރަށް ރައްކާތެރި ގޮތެއްކަމަށް ޕީޖީ ޝަމީމު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އޮންލައިންކޮށް، ލިޔެކިޔުންތައް ބަަދަލުކުރުމާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ހިންގޭނެ ޝަރީއަތްތައް ހިންގުމާއި، މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަކީ، ޚަރަދުގެ ގޮތުންނާއި ވަގުތު ސަލާމަތް ކުރުމުގެ ގޮތުންވެސް ގާއިމުކުރަން ވަރަށް ރަނގަޅު އިންތިޒާމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި އެންމެ އެކުގައި މަސައްކަތްކޮށް، ކޯޓުތަކަށް ވަޑައިގެން ލިޔެކިޔުންތައް ހުށަހެޅުމާއި ލިޔެކިޔުންތައް ބަދަލު ކުރުމުގެ ބަދަލުގައި، އޮންލައިންކޮށް، ލިޔެކިޔުންތައް ހުށަހެޅުމާއި ލިޔެކިޔުންތައް ބަދަލުކުރުމަށް ބާރު އެޅުމަކީ މުސްތަގުބަލަށް ބަލާއިރު ރަނގަޅުކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު