އާޒިމާގެ މައްސަލާގައި ހައިކޯޓުގެ ނިންމުމުގެ ބައެއް ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރުމަށް ދަޢުލަތުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުންވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި ދަޢުލަތުންވެސް ވަނީ އެޙުކުމުގެ އެއްބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފިއެވެ.
މި މައްސަލާގައި ދައުލަތުން އިސްތިއުނާފުކުރަން ނިންމާފައިވަނީ މަދަނީ މިންގަނޑުން މައްސަލަތައް ކުރިއަށްގެންދަން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައެޅި ނިންމުމެވެ. ހައިކޯޓުގެ އިސްތިއުނާފް މަޖިލީހުގައިވެސް ދަޢުލަތުން ބުނެފައިވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދަން ނިންމާ ނިންމުންތައް އިސްތިއުނާފުނުކުރެވޭނެ ކަމަށެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ. މި ދަޢުވާތަކަށް އާޒިމާވަނީ އިންކާރު ކުރައްވާފައެވެ. އެހެންނަމަވެސް މި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެނިންމުމަށް ހައިކޯޓުންވެސް ވަނީ ތާޢީދުކޮށްފައެވެ.
އާޒިމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި މަރުހަލާގައި ދައުވާ ސާބިތުވާން ޖެހޭ މިންވަރަށް ހެކި ވަޒަން ކުރަން ނުޖެހޭތީ ދައުވާ ގެންދެވޭ ވަރަށް ހެކި ހުރިނަމަ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ދަށުކޯޓާއި ހައިކޯޓުގައި ސާބިތުވި ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާޒިމާ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު