ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ވަނީ ވާވެފައި ކަމަށް ދޭހަވާ ފަދަ މޭރުމަކުން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވާހަކަ ދައްކަވައިފިއެވެ.

ފުލުހުންނާއި، ޖަލުތަކުގައި ނުހަމައިން ކަންކަން ނުހިނގާނެހެން ސިޔާސަތު އެކުލަވާލުމަކީ ދާޚިލީ ވަޒީރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ އިމްރާން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ފުރިހަމަ ގޮތުގައި ހިނގަމުން ދިއުމަކީ ލާޒިމް ކަމެއް ކަމަށް ވިދާޅުވެފައެވެ.

"ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅުއެޅުމަށް ގާނޫނު ނަންބަރު 27/2015 ގައި ބުނާ މިނިވަން މުސްތަގިއްލު އެންއައިސީ ފުރިހަމަ ގޮތުގައި ހިނގަމުން ދިއުމަކީ ލާޒިމް ކަމެއް." ގާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ހަނދާން ކޮށްދެއްވުމަށް ގާނޫނުގައި ހިމެނޭ ދެ މާއްދާއަކާއެކު އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.



އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއިބެހޭ މައްސަލަތައް ބެލުމަށް އެކަށައަޅާފައިވާ ކޮމިޝަނެވެ. އެގޮތުން ފުލުހުންނާއި، ކަސްޓަމްސް އޮފިސަރުންގެ ވަކިވަކި ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ އެންއައިސީގެ މަސްއޫލިއްޔަތެކެވެ.

ފަހަކަށް އައިސް ފުލުހުންގެ ތެރޭގައާއި، އަދި ޖަލުތަކުގައި ނުހަމައިން ކަންތައްތައް ހިނގަމުންދާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުން މަޤާމުގެ މަސްއޫލިއްޔަތު އުފުއްލަމުން ނުދާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން