އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް
ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ނިއްމައިފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

ތްރީލައިން ވިޕެއް ނެރުމުން އެ ވިޕާ އެއްގޮތަށް ޕާޓީގެ މެމްބަރުން ވޯޓް ދިނުމަށް ލާޒިމްވާނެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި 65 މެންބަރުން ތިއްބަވާއިރު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހެޅޭ ބިލެއް، މަޖިލީހުން ފާސްކުރެވޭނީ، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މެންބަރުން، ފާސްކުރަން ފެންނަކަމަށް ވޯޓުދީގެންނެވެ.

މިގޮތުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 65 މެންބަރުންގެ އިތުރަށް އެންމެ މެންބަރެއްގެ ވޯޓެވެ.

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ އެބިލު ފާސްކުރުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ އިސްލާހު ފާސްކުރުމުގެ އިތުރުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ފާސްކުރަން ލާޒިމްވާނެއެވެ. މިދެބިލް ފާސްކުރުމަށް މިރޭ މެންދަމު 01:30 ގައި ޖަލްސާ އެއް ބޭއްވުމަށް މިހާރު ވަނީ ނިއްމާފައެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ބުދަ ދުވަހަށް (މިމަހުގެ 3އަށް) ހަމަވާނެއެވެ. އޭގެ ކުރިން ބިލް ފާސްނުވެއްޖެނަމަ ކައުންސިލް ތައް ގާނޫނީ ހުސްކަމަކަށް ދާނެއެވެ. އެ ދެބިލް މަޖިލީހުން ފާސްކުރިނަމަވެސް އެ ގާނޫނަށް އަމަލު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެ ދެބިލް ތަސްދީގު ކުރެއްވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން