ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި އިމްތިޔާޒް ފަހުމީއަށް ތާޢީދު ނުކުރާ އެންމެންނަކީ ވަގުންނަށް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ، ޖޭއެސްސީން މިހާރު ވަކިކުރަން ނިންމާފައިވާ ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމި ނިންމުން އިތުރަށް ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. އެގޮތުން ޖުޑީޝަރީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ހިސާންގެ ތާޢީދު މިނިސްޓަރ ފައްޔާޒަށް ދިނުމުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ހިސާން ވިދާޅުވީ އިންތިއަށް ތާއިދު ނުކުރާ އެންމެންނަށް ވަގު ތުހުމަތު އަޅުވާ ކޮރަޕްޓް ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށެވެ. އަދި ހިސާންގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލަށް ކުރާ ތުހުމަތުތައް ހިސާން ވަނީ ދޮގުކުރަށްވާފައެވެ.

"ނާޒިލަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މީހެއް ނޫން. އަދި ސަރުކާރުގެ އެއްވެސް އިޢުލާނަކަށް ބިޑްކުރާ މީހެއްވެސް ނޫން." ޙިސާން ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާތާ ގިނަ ދުވަސްތަކެއްވެ ދެ ފެކްޝަންގެ ހޫނު ބަހުގެ ހަމަލާތައް އިތުރަށް ހޫނުވެފައި މިވަނީ، އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިހާބާއި ދިމާކޮށް ދެ ފެކްޝަނުންވެސް ކެންޑިޑޭޓުން ނެރުނު ހިސާބުންނެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާއީދާއެކު ދެ ބޭފުޅަކު އިންތިހާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު