ވެރިކަމަކީ މަސްތެއްކަމަށް ވިދާޅުވެ ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ޝައިޚް ޒައިދު ރައީސް ނަޝީދަށް މިމޭރުމުން ރައްދު ދެއްވާފައިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރަށްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ. ޝެއިޚް ޒައިދު ވިދާޅުވީ ވެރިކަމަކީ މަސްތެއް ކަމަށާއި، އޭގެ ރަހަބަލައިފިނަމަ ދެވަނަ ފަހަރަށްވެސް އެޝަރާބުގެ ރަހަ ބަލަން ބޭނުންވާނެ ކަމަށެވެ.

ޒައިދު ވިދާޅުވީ ވެރިކަން ކުރުމުގެ ކުފޫ ހަމަނުވިޔަސް އޭގެ ރަހަ ލިބިފައި ހުރިނަމަ ވަރަށްމަދު މީހަކު ނޫނީ ދެވަނަ ފަހަރަށްވެސް އެކަމަށް ބޭނުންވާެ ކަމަށެވެ.

"ކުފޫ ހަމަވިޔަސް ނުވިޔަސް، އިސްލާމީ ރައްޔިތުންތަކެއް ލީޑްކުރުމުގެ ޤާބިލުކަން ހުއްޓަސް ނެތަސް، ވެރިކަން ކުރަން ނޭނގި އިސްތިޢުފާދީފަ ފޭބިޔަސް. ވެރިކަން ވެރިކަން. ޙަސްބުނަﷲ." ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުގެ ފަރާތުން ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

"2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023 ގެ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ." އީވާ ވިދާޅުވިއެވެ.

އީވާ އެފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދު ވެސް މީގެ ކުރިންވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. މަޖިލީހުން ގެނެސްދޭ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ 2023 ގައި ރިޔާސީ އިންތިހާބެއް ނޯންނާނެކަމަށާއި ނަމަވެސް، ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހު ވެރިކަމުގެ ދެވަނަ ދައުރެއްގެ ވާހަކަ ރަސްމީކޮށް އަދި އިޢުލާން ނުކުރެއްވި ނަމަވެސް އެމަނިކުފާނު ވާދަކުރަށްވާނެކަން އަރިސް ބޭފުޅުންވަނީ ކަށަވަރުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު