ޣައްސާން މައުމޫން އަދި ޔުމްނާ މައުމޫން- އާއިލާއާއިމެދު ޣައްސާން ވިދާޅުވި ބަސްތަކަށް ޔުމްނާ ވަނީ ރައްދު ދެއްވާފައި
ޣައްސާން މައުމޫން އަދި ޔުމްނާ މައުމޫން- އާއިލާއާއިމެދު ޣައްސާން ވިދާޅުވި ބަސްތަކަށް ޔުމްނާ ވަނީ ރައްދު ދެއްވާފައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރެއް ނުރޫޅޭނެ ކަމަށް ވިދާޅުވެ ހެރިޓޭޖް މިނިސްޓަަރ ޔުމްނާ މައުމޫން، ކޮއްކޯފުޅު ޣައްސާން މަައުމޫނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ހެރިޓޭޖް މިނިސްޓަރ ޔުމުނާ މައުމޫން މިހެން ވިދާޅުވެ އެކަމަނާގެ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޯފުޅަށް ރައްދެއް ދެއްވީ މި ސަރުކާރު ކޯލިޝަން ވަރަށް އަވަހަށް ރޫޅޭނެ ކަމަށާ އެ ދުވަހަކުން ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް ކުރީގެ ރައީސް މަައުމޫނާއި ފާރިސް މައުމޫންވެސް ވިދާޅުވާނެ ކަމަށް ވިދާޅުވެފައިވާ ވާހަކަ ތަކަށް އިޝާރަތްކުރައްވަމުންނެވެ.

ރައީސް މައުމޫނާއެކު މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އޮތީ ކޯލިޝަނުން ގެނައި ސަރުކާރެއް ކަމަށެވެ. އަދި ކޯވިޑްގެ ދަތި އުނދަގޫ މި ވަގުތުގައިވެސް ކޯލިޝަން އެކުގައި މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވެ ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.

"މިދަތި އުދަނގޫ ވަގުތުގައި ވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރު މި މަސައްކަތްކުރަނީ އެކުގައި އިރާދަކުރެއްވިއްޔާ ކޯލިޝަން ނުރޫޅޭނެ." ކޮއްކޯފުޅަށް ރައްދު ދެއްވަމުން ޔުމުނާ ވިދާޅުވިއެވެ.

https://twitter.com/yumna_maumoon/status/1267411178319417344?s=19

ޣައްސާން ގެ ވާހަކަތަކަށް ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރައްދު ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބުދު ﷲ ޔާމިން ޖަލަށްލީ ނުހައްގުން ކަމަކަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ވިދާޅެއްނުވެވޭނެ ކަމަށެވެ.

މިސަރުކާރު ކޯލިޝަން ނުރޫޅޭނެ ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމުނާ ވިދާޅުވެފައިވާއިރު ރައީސް މައުމޫންގެ އެމްއާރުއެމްއަށް ކޯލިޝަން ސަރުކާރުން އެޅި ބަޔަށް ލިބުނު ވަޒީރު ކަމުގައި ހުންނެވި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދާއި މެދުވެސް ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމަނާގެ މަގާމުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ އެކަމަނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ޒަހާ މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލިސް މެދުވެރިކޮށް އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ނަގާނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނަމަ ކޯލިޝަނަށް ނުބަލައި އެހެން މަގާމުތަކުގައި ތިއްބެވި ފަރާތްތައް މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޢީސާފުޅު

06-Jun-2020

ދޭދޭ ފަރުދުންނާއި ޢާއިލާތައް ޖައްސުވައިގެން ނޫސްވެރިކަމެއްވެސް އަދި މަސްވެރިކަމެއްވެސް, ކުރިޔަކަށް ނާރާނެއެވެ. ޢެއްވެސް ގޮތަކުން މަންފާއެއްނެތް ކަންކަން ކުރާބަޔަކު އެކަމެއްކުރާނީ ކޮންމެސް ނަހަމަ ބޮނޑިވަރުގަނޑެއް ލިބިގެންނޭ ހިތައް އަރަނީ....


7

ސފ

05-Jun-2020

މިނިސްޓަރުކަން ގެއްލިދާނެތީ ކޯލިޝަން ރޫޅޭނެ ވާހަކަ ބުނަން ބިރުގަންނާނެދޯ.


11

ދަވާލި19

02-Jun-2020

ކޯތާފަތް ރޫޅުނަސް ނުރޫޅުނަސް 2023 އަހަރެން މައުމޫނު ފަހަތުގަ ތިބިބަޔަކަށް ހަމަހޭ ބުއްދި ސަލާމަތުން ހުރެގެން ވޯޓުނުދޭނަން ގައުމާ ރައްޔިތުން ހަނާވެ ފަނާވެގެންދާއިރު ހިތުން ހުދު ކާފޫރައް ވާންވެގެން ދޯ ފިލާ ހޮރުގަ ތިއޮންނަނީ



ފަހުގެ ލިޔުންތައް

ޓްރެންޑިން