ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަނަށް ސަރުކާރުން ދޫކުރި ދެރަށުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެގްރޯ ނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.
އެގްރޯނެޓަށް ސަރުކާރުން ވަނީ 2 ރަށެއް ދޫކޮށްފައެވެ. އެއީ ހއ. މުލިދޫއާއި، ލ. ގާދޫއެވެ. 100 އިންސައްތަ ސަރުކާރު ޙިއްސާވާ އެގްރޯނެޓަކީ ދަނޑުވެރި އުފެއްދުންތައް ބާޒާރަށް ނެރުމަށް އެހީތެރިވެދިނުމާއި ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫނު ރަޝީދު ވިދާޅުވީ، ސަރުކާރުން އެކުންފުންޏަށް ދޫކޮށްފައިވާ ދެފަޅުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ ކުންފުނިން މިހާރު ދަނީ އެ ކުންފުންޏަށް އަލަށް ދޫކުރި ރަށްތަކުގައި ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އާ ކޮންސެޕްޓަކަށް ދަނޑުވެރިކަމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ޕްލޭންތައް ހަދަމުންނެވެ.
އެގްރޯނެޓުން މީގެ ކުރިން ބުނެފައިވަނީ އެކުންފުންޏާ ގުޅިގެން ދަނޑުވެރިކަންކުރާ ދަނޑުވެރިންނަށް ކޮންޓްރެކްޓް އުސޫލުން މި ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާނެ ކަމަށެވެ.
އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިން މަޝްރޫޢު ފެށުމާއި އެކު، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް މިހާތަނަށް 1500 ދަނޑުވެރިން ވަނީ ތައްޔާރުވެފައެވެ. އަދި މީގެ ތެރެއިން 787 ފަރާތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުމާއި ހަމައަށް ދެވިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު