އެއްވެސްމީހަކަށް އޮޅުވާލައިގެން ޢަދާލަތުޕާޓީއަށް ވައްދާފައިނުވާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ޕީޕީއެމަށް ސޮއިކޮށްފައިވާ އާއިލާއެއް އެފަރާތްތަކަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވާތީ އެޢާއިލާގެ ފަރާތުން އެމައްސަލަވަނީ ޕީޕީއެމަށް ހުށައަޅާފައެވެ. އެކަމާ ގުޅިގެން ޢަދާލަތުޕާޓީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ޢަދާލަތުޕާޓީގެ ދަފްތަރުގައި ނަންހިމެނުމަށްއެދި ލިބޭ ހުރިހާ ފޯމެއްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަމުންގެންދާ ކަމަށެވެ.
އޭގެ އިތުރުން އީސީއަށް ފޯމްތައް ހުށައަޅަމުން ގެންދަނީ ފުރިހަމަ ކުރަންޖެހޭ އެންމެހާ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އަދި އެޕާޓީއަށް ލިބިފައިވާ ފޯމަކާމެދު އެއްވެސް ފަރާތަކުން އިންކާރުކުރަށްވާނަމަ އެފަރާތެއް އެޕާޓީގެ ދަފްތަރުން އުނިކޮށްދޭނެ ކަމަށްވެސް ޢަދާލަތު ޕާޓީން ބުނެފައިވެއެވެ.
"މިޕާޓީއަށް ލިބޭ ފޯމެއް އެއީ ސައްޙަނޫން ފޯމެއްކަން އެނގިއްޖެނަމަ ނުވަތަ އެއްވެސް ފަރާތަކުން އެފަރާތެއްގެ ނަން އުނިކުރުމަށް ހުށައަޅުއްވައިފިނަމަ އެފަރާތެއްގެ ނަން މިޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަމުންނެވެ." ޢަދާލަތު ޕާޓީގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ މެންބަރުންތަކެއް ޢަދާލަތުޕާޓީގެ ދަފްތަރުގައި ހިމެނޭކަމަށްބުނެ ޕީޕީއެމުން އިއްޔެ ބުނެފައިވަނީ އަދާލަތުން ހުށައަޅާފައިވާ ފޯމުގައި ގުޅޭނެކަމަށް ބުނެފައިވަނީވެސް ރަޖިސްޓްރީކޮށްފައިވާ ނަމްބަރެއް ނޫން ކަމަށެވެ. އަދި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރުތަކެއްކަން ސާފުވި ކަމަށްވެސް ޕީޕީއެމުންވަނީ ބުނެފައެވެ.
އަދި މިއީ އަދާލަތު ޕާޓީން ކޮށްފައިވާ ބޮޑު ވައްކަމެއް ކަމަށާއި މިމައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު