ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޙަޤީޤީ ލީޑަރުންނަކީ އަނެކުންގެ މުސްތަޤުބަލަށް ހުރަސްނާޅާ ލީޑަރުން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޙަޤީޤީ ލީޑަރުންނަކީ، އަނެކުންގެ އަތުގައި ހިފައި އެމީހުން ވެސް ލީޑަރުންނަށް ހަދައިދޭ ލީޑަރުން ކަމަށެވެ. އަދި އެފަދަ ލީޑަރުންނަކީ އަނެކުންނަށް މުސްތަޤުބަލް ހޯދައިދޭ ލީޑަރުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޙަޤީޤީ ލީޑަރުންނަކީ އަނެކުންގެ މުސްތަޤުބަލަށް ހުރަސް ނާޅާ ލީޑަރުން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ޑރ. ޝަހީމް ވިދާޅުވީ އެފަދަ ލީޑަރުންގެ ވާހަކަ ތާރީޚުގައި ލިޔެވިގެންދާނީ މުޞްލިޙުންގެ ގޮތުގައި ކަމަށެވެ. އަދި އެލީޑަރުންގެ ހެޔޮ ޒިކުރާ ބިންމަތީގައި ދާއިމަށް ދެމި އޮންނާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވާއިރު ސިޔާސީ ވާދަވެރިކަމުގައި ރާއްޖޭގެ ބައެއް ލީޑަރުން ޝަހީމުގެ ކުރިމަގަށް ހުރަސްއަޅައިފާ ކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑު އިވެއެވެ. އެގޮތުން ޑރ. ޝަހީމް އޯ އައި ސީގެ މަތީ މަގާމެއް ހުންނަވަނިކޮށް ރާއްޖޭޣެ ލީޑަރުންގެ އެފަދަ ދުއްތުރާތަކާއި ހުރަސް އެޅުންތައް ކުރިމަތިވަމުން ދިޔަ ކަމަށް އަޑުއިވިފައި ވެއެވެ.

ޑރ. ޝަހީމަކީ ދީނީ ގޮތުން ދިވެހިން ހޭލުންތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ޑރ. ޝަހީމުގެ ނަންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކި ބޭފުޅުންނާއި ގުޅުވައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ނަންފުޅެކެވެ.

ޑރ. ޝަހީމް ވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުالله ޔާމީންގެ ރަނިންމޭޓެއްްގެ ގޮތުގައިވެސް ވާދަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


7

އިއްބެ

01-May-2022

ހަޤީޤީޟައިޚުންނަކީނައިބުރައީސްކަންދޭންނިންމުމުން ވަޔަށްމަސައްކަތްކުރާޟައިޚުން