ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ކުލި ނުދެއްކިގެން ހާލުގައި ޖެހި ރަށައްދާން ބޭނުންވާ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީ އިން ބުނެފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ފާތުމަތު ޔުމްނާ ވިދާޅުވީ، އޭޕްެރިލް 17 ވަނަ ދުވަހުން ފެށިގެން މެއި 31 ވަނަ ދުވަހުގެ ނިޔަލަށް 220 މީހަކު ކުލި ނުދެއްކިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެފަދަ ހާލަތްތައް މެދުވެރިވެފައިވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވަމުން ޔުމްނާ ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަސްތެރޭގައި އެކަނިވެސް ހަތަރު އާއިލާއެއްގެ 26 މީހަކު ޖެންޑަރ މިނިސްޓްރީ އިން ބަލަހައްޓަން ފަށާފައިވާ ކަމަށެވެ.
"ވަޒީފާ ގެއްލިގެން ނުވަތަ ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ މީހުންގެ އަދދު މިހާރު ވަރަށް ގިނަ. މި ޓްރެންޑް މިހެން ދާނެ ކަމަކަށް އަޅުގަނޑުމެން ކުރިއަކުން ހިޔެއްނުކުރަން. އެފަދަ ހާލުގައި ތިބި ރަށަށް ބަދަލުވާން ބޭނުންވާ 12 އާއިލާއެއްގެ 97 ނަމެއް އަޅުގަނޑުމެން ވާނީ އެލްޖީއޭ އަށް އެދިފައި." ޔުމުނާ ވިދާޅުވިއެވެ.
މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ޔުމުނާ ވިދާޅުވިއެވެ. އަދި މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންގެ ތެރެއިން ވެސް ބައެއް މީހުން ވަރަށް ބޮޑަށް ހާލުގައި ޖެހިގެން އެހީ އަށް އެދެމުންދާ ކަމަށް ޔުމުނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ މީހުންގެ ތެރެެއިން މާލޭގައި އުޅޭ މީހުންގެ ތެރެއިން ވަޒީފާ ގެއްލި، ނުވަތަ މުސާރަ ނުލިބިގެން ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށް ކުލި ދެއްކޭނެ ގޮތެއް ނެތިގެން ރަށަށް ދާން އެދިފައިވާ މީހުންގެ އަދަދު މިހާރު 71 އަށް އަރާފައިވާ ކަމަށާއި އެ އަދަދު އަދިވެސް އިތުރު ވަމުން އަންނަ ކަމަށް ޔުމުނާ ވިދާޅުވިއެވެ.
އެފަދަ މީހުން ރަށަށް ފޮނުވުމުގެ ކަންކަން މިހާރު ބަލަހައްޓަނީ ޖެންޑާ މިނިސްޓްރީން ނޫން ކަމަށާއި، އެކަމަކު ބައެއް ހާއްސަ ހާލަތްތަކުގައި ތިބި މީހުން ފޮނުުވުމުގެ ކަންކަން އެލްޖީއޭ އާއި ކައުންސިލްތައް ގުޅިގެން އެމިނިސްޓްރީ އިން ކުރަމުންދާ ކަމަށް ޔުމުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯވިޑް އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މިފައިސާ އަކީ އެކި ފަންޑުތަކުން ހޭދަކޮށްފައިވާ ފައިސާ ކަމަށާއި، މީގެތެރޭގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތައް ހިމެނޭ ކަމަށް ޔުމުނާ ވިދާޅުވިއެވެ.
"ޖެންޑަރ މިނިސްޓްރީގެ ބަޖެޓުން މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައި. އޭގެ ތެރޭގައި ގިނައިން ހޭދަކޮށްފައިވަނީ ކެއިން ބުއިމުގެ ހަރަދަށް." ޔުމްނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު