ޤާނޫނާ އެއްގޮތަށް މޭޑޭ ރެލީ ބޭއްވުމަށް އެކަން އިންތިޒާމްކުރާ ފަރާތުން ދެކޮޅުހަދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިމޭރުމުން ބުނެފައިވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން، އިންތިޒާމްކޮށްފައިވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށް އެކަން އިންތިޒާމް ކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ރޭ ބުނުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މޭޑޭގައި ބާއްވަން ރާވާފައިވާ ރެލީއާ ގުޅޭގޮތުން ފުލުހުން ދަންނަވާފައިވާނީ ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީއާއި ވަކިން ޚާއްސަކޮށް ރަމަޟާންމަހުގެ ފަހުދުވަހު އިތުރަށް ޓްރެފިކް ބާރު ބޮޑުވާނެކަމަށް ބެލެވޭތީ މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ކަަމަށެވެ.
"ނަމަވެސް، އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރުމަށް ރެލީ އޯގަނައިޒްކުރާ ފަރާތުން އެއްބަސްވެފައި ނުވާތީ، މަޖީދީމަގުގައި އެރެލީ ނުބޭއްވޭނެކަމަށް އެ ފަރާތަށް އަންގާފައިވާނެ." ފުލުހުން މިއަދު ބުނެފައިވެއެވެ.
ފުލުހުން ބުނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށެވެ.
އެމްޓީޔޫސީން ރޭ ބުނީ މެއި 1 ވަނަ ދުވަހު މަސައްކަތް ތެރިންގެ ދުވަސް ފާހަގަކުރުމަށް އެ ޖަމިއްޔާއިން އިސްވެ ރާވައިގެން ހިންގުމަށް ހަމަޖެހިފައިވާ ރެލީ އެގޮތަށް ނުގެންދެވޭނެކަން ފުލުހުން އަންގާފައިވާކަމަށެވެ.
މޭޑޭ ރެލީއަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މަސައްކަތްތެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންއަންނަ ހިނގާލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު