މަސައްކަތްތެރިންގެ ޙައްޤުގައި ބޭއްވި އެއްވުމެއްގެ ތެރެއިން
މަސައްކަތްތެރިންގެ ޙައްޤުގައި ބޭއްވި އެއްވުމެއްގެ ތެރެއިން
ބައިނަލްއަގްވާމީ މަސައްކަތްތެރިކަމުގެ ދުވަހާ ގުޅިގެން، ބޭއްވުމަށް މަސައްކަތްކުރަމުންދިޔަ މޭޑޭ ރެލީ ބޭއްވުމުގެ ހުއްދަ ފުލުހުން ދީފިއެވެ.

ފުލުހުން މިއަދު ބުނީ މޭޑޭ ރެލީ ހިންގާ ފަރާތާއެކު މިއަދު އިތުރަށް ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދީފައިވާ ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، މިހާރު ދެ ފަރާތުން އެއްބަސްވެފައިވަނީ ހިނގާލުން ރަސްފަންނުން ފެށުމަށްފަހު އަމީނީމަގުން ކުރިޔަށް ގޮސް ކާނިވާ ސަރަހައްދަށް ނިންމާލުމަށެވެ.



ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން، އިންތިޒާމްކޮށްފައިވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށް އެކަން އިންތިޒާމް ކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ރޭވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޤާނޫނާ އެއްގޮތަށް ބާއްވާ އެއްވުންތަކަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން މަޖީދީމަގުގެ ބަދަލުގައި، ޤާނޫނު ހުއްދަ ކުރާ އެހެން ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މޭޑޭ ރެލީއަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މަސައްކަތްތެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންއަންނަ ހިނގާލުމެކެވެ.



ކިޔުންތެރިންގެ ހިޔާލު