ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާތެރެއިން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅުއްވާފައި ވަނީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވުމުން އެމްޑީޕީގެ މެމްބަރުން އޭނާގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށާއި އެމައްސަލަ ފުލުހުންނަށް ހުށައަޅުއްވާނެ ކަމަށް ޕީއެންސީ ރައީސް އަބުދުއްރަހީމް ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސަށް މެމްބަރަކު މަޖިލީހުން ނެރެވޭނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް 3 ފަހަރު ނަސޭހަތްދިނުމަށްފަހު އެގޮތަށް އަމަލު ނުކުރުމުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް މެމްބަރެއްގެ ނަން އިއްވި ނަމަވެސް މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ގަޔަށް އަތްލައި ކޮއްޕައި ގަޅުވައި ޗެމްބަރުން ނެރުމަކީ ގާނޫނާ ގަވާއިދާ ޚިލާފު ކަމެއް ކަމަށާއި، މެމްބަރު ޝިޔާމް މަޖިލިހުން ނެރުނީ ރައީސް މުހަންމަދު ނަޝީދު އަންގަވައިގެން ކަމަށް ވެސް ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވިއެވެ. އަބުދުއްރަހީމް ވަނީ އެމައްސަލައިގައި ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
މިރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ޖަލްސާ ކުރިއަށް ގެންދަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ތިން ފަހަރު ނަން އިއްވުމުންވެސް ޝިޔާމް ތަޅުން ދޫ ނުކުރެއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވަނީ އޭނާ ތަޅުމުން ގަދަކަމުން ބޭރުކޮށްފަ އެވެ.
މަޖިލިސް ހޫނުވި ގަޑީގައި މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހައްދަވާފައެވެ. ޝިޔާމް ތަޅުމުން ނެރުނު އިރު އޭނާ ލައިގެން ހުރި ގަމީސްވެސް ވީދައިގެން ގޮސްފައިވާ ކަމަށް ވެއެވެ. އަދި ޝިޔާމަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާ ކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު