މިދިޔަ އޭޕްރީލްމަހު ޕެންޝަނުގެ ގޮތުގައި 131 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހު އެ އިދާރާއިން ވަނީ 131 މިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި ދޫކޮށްފައެވެ. އޭގެ ތެރެއިން 96 މިލިއަން ރުފިޔާ އަސާސީ ޕެންޝަނުގެ ގޮތުގައި ދޫކޮށްފައިވާއިރު، އަސާސީ ޕެންޝަން ޙައްޤުވާ 20،120 ފަރާތެއް އެ އޮފީހުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އަދި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކޮށްފައިވާ 4،303 ފަރާތްތަކަށް ދަޢުލަތުންދޭ އިނާޔަތުގެ ގޮތުގައި 21 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުގައި ވެއެވެ.
މީގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި 1،645 ފަރާތަކަށް 8 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކުގެ ގޮތުގައި 5 މިލިއަން ރުފިޔާ، 2،944 މީހުންނަށް ވަނީ ދޫކޮށްފައެވެ.
ދިވެހިރާއްޖޭގެ ޕެންޝަން އޮފީހަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ޝަޚްސެކެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ ޕެންޝަން ސްކީމްތައް ބެލެހެއްޓުމާއި، ޕެންޝަން ޤާނޫނުގެދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުމާއި ޕެންޝަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާއި ބެހޭ ޤާނޫނު ތަޞްދީޤު ކުރުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު