ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލް ފާސްކުރީ، ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ސުޕްރީމް ކޯޓުން ލަފާ އެރުވުމާއެކު މިދިޔަ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި މުޅި މަޖިލިސް ކޮމިޓީއެއްގައި ބަހުސްކުރުމަށްފަހު ކަން ފާހަގައެވެ.
އެގޮތުން އެކުލަވާލި ކޮމިޓީގައި ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކުރީ، 63 މެންބަރުންގެ ވޯޓްގެ އަގުލަބިއްޔަތުންނެވެ. އަދި އެއަށްފަހު ކޮމިޓީން ނިންމި ގޮތަށް ވެސް މަޖިލީހުން ފަހުން އިސްލާހުތަކެއް ގެނެސްފައިވެއެވެ.
ކޮމިޓީ މަރުހަލާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ބިލުގެ 1 ވަނަ މާއްދާ އުނިކޮށް، ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތައް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން 3.1 ގައި ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ)ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް އާޒިމް ހުށަހެޅުއްވިއެވެ.
އިތުރުކުރި ދެ އަކުރުގެ ތެރެއިން (ޅ) ގައި ވަނީ 3 ޖޫން 2017 ގައި އިންތިހާބުވެފައިވާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބު ކޮށްފައިވާ އަދި މަގާމުގައި ދެމިތިބި ކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
އަދި އިތުރުކުރި (ބ) ގައި ވަނީ މި އިންތިގާލީ މުއްދަތުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު، އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.
މި އިސްލާހުތަކާއެކު ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް، ގެޒެޓުގައި ޝާއިއު ކުރާ ހިސާބުން، ކައުންސިލްތަކުގެ ދައުރު ދިގުވީ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. ކައުންސިލްތަކުގެ އުމުރު ދިގުކުރަން ގާނޫނު އަސާސީ އިސްލާހު ކުރިނަމަވެސް އެއަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމުހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވުމުންނެވެ. ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާނީ މާދަމާ ރޭ މެންދަމު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު