ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު (ވ)
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު (ވ)
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިމޭރުމުން ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމާއެކު އެމްޑީޕީގެ "ހިންގާލަން" ޓީމުގެ އިސް ބޭފުޅުން ތިއްބަވާ ފޮޓޯއެއް ހިއްސާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ބޮންޑޭ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ބޮންޑޭ ވިދާޅުވެފައިވަނީ "ހިންގާލަން" ޓީމުން ބައްދަލުކުރަނީ ކޮންމެވެސް ރަށެއްގެ ތެޔޮ ބައުޒަރަކާއި ނުވަތަ ސޭޓަކާ ކަމަށެވެ.

މެމްބަރު އިބްރާހީމް ރަޝީދަށް ރައްދުދެއްވަމުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވަކި ބޭފުޅުންކޮޅަކާ ބައްދަލުކުރެއްވުމަކީ މައްސަލައެއްގެ ގޮތުގައި ހެއްދެވުމަކީ ކަމުދާގޮތެއް ނޫން ކަމަށެވެ. މީގެ ކުރިން ބަރުލަމާނީ ނިޒާމްގެ ވާހަކަ ދެއްކެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުންވެސް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ވަރަށް އިހްތިރާމާއިއެކު ރައީސް ނަޝީދަށް މަރުޙަބާ ދަންނަވާފައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ޗެއާރޕާސަންގެ އިންތިޚާބްގައި، ޖޭޕީގެ އެއްވެސް ޝައުގުވެރިކަމެއް ނެތް." ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަޙްމަދު ވިދާޅުވެފައިވެއެވެ.



މިމަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާތާ ގިނަ ދުވަސްތަކެއްވެ ދެ ފެކްޝަންގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން އެ އިންތިޚާބަށް ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށް އިންތިގެ ޓީމުން ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާއީދާއެކު ދެ ބޭފުޅަކު އިންތިހާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ސިޔާސީ އަދި ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު