ފުވައްމުލަކުން ފީނަން ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް މިހާތަނަށް 55 ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 15:36 ހާއިރު ކަމަށެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ 14:30 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ ސަޢީދު ހޯދުމަށް އިއްޔެ އެކަނި ކަނޑު މަގުން 55 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ދެ ހާބަރ ކްރފްޓް ބޭނުންކުރަމުން އަންނަ ކަމަށާއި މި އޮޕަރޭޝަނުގައި މިއަދު ޑޯނިއަރ ފްލައިޓުވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ސަޢީދު ހޯދުމުގެ މަސައްކަތުގައި ފުވައްމުލަކުގެ ޑައިވަރުން ވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.
އިއްޔެ ހިނގި މިހާދިސާގައި ސައިދާއި އެކު ޑައިވިނަށް ފޭބި މަހުމޫދު ފާއިޒްގެ ޙާލު ގޯސްވެގެން ދ. ކަނޑިންމަ މޯލްޑިވްސްގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރގައި ދަނީ ފަރުވާދެމުންނެވެ.
ގެއްލިގެން ހޯދަމުން އަންނަ ސައީދަކީ ފުވައްމުލަކުގައި ޑައިވް ސެންޓަރެއް ވެސް ހިންގަމުން އަންނަ ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު