އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް (މ)
އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް (މ)
ބޮޑުތިލަދުންމަތީގެ ރަށްރަށުން ބޭނުންވަނީ އެމްޑީޕީ ރަނގަޅަށް "ހިންގާލަން" ކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ހުރިހާ ރަށަކުންވެސް އެމްޑީޕީ "ހިންގާލަން" ޝިޢާރުގެ ދަށުން ކެމްޕޭންކުރާ މިނިސްޓަރ ފައްޔާޒުގެ ޓީމަށް އޮތް ތާޢީދު ދައްކާލާފައިވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. "ހިންގާލަން" ޓީމު ވަނީ ބޮޑުތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.

"ބޮޑުތިލަދުންމަތިން ބޭނުންވަނީ އެމްޑީޕީ ހިންގާލަންކަން ޔަޤީންވެއްޖެ." ރޮޒައިނާ ވިދާޅުވެފައިވެއެވެ.



އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރަށްވަނީ މެންބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.



ކިޔުންތެރިންގެ ހިޔާލު