ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު
ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު
އާންމު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، މީހުން ކަރަންޓީނު ކުރުމަށް އަމިއްލަ ފަރާތެއްގެ އިމާރާތެއް ދައުލަތާއި ޙަވާލު ކުރުމަށް އެންގުމަކީ ޤާނޫނު އަސާސީ އާއި ޚިލާފުވާކަމެއް ނޫން ކަމަށް ކަމަށް ވިދާޅުވެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު އެކަން ދިފާއު ކުރައްވައިފިއެވެ.

އޭޖީ ރިފްއަތު މިހެން ވިދާޅުވެފައި މިވަނީ، އަމިއްލަ އިމާރާތްތައް ކަރަންޓީނު ފެސިލިޓީތަކަށް ބަދަލު ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ޤަވާއިދެއް އެކުލަވާލައި އަމަލު ކުރަން ފެށުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.

އޭޖީ ވިދާޅުވީ ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ޤާނޫނު ނަމްބަރު 7/2012 ގެ 37 ވަނަ މާއްދާއިން ވަޒީރަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި/ ކަރަންޓީނުކުރުމަށް އެތަނެއް ކޮންމެހެންވެސް ބޭނުން ވެއްޖެނަމަ ދައުލަތުން އެތަން ނެގުމަކީ ޤާނޫނާއި ފުށުއަރާ ކަމެއް ނޫން ކަމަށް އޭޖީ ފާހަގަކުރެއްވިއެވެ.

ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް، ފައިސާ ދައްކާ ގޮތަށް، އާންމު މަންފާއަކަށް އިމާރާތެއް ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން ކަމަށާއި، ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ  ކަމަށް އޭޖީ ވިދާޅުވިއެވެ.

"ވަޒީރުގެ ނިންމުން ޤަބޫލުނުކުރެވޭނަމަ ޢިމާރާތެއް ޙަވާލުކުރަން ކޯޓަށް ޢަމުރުކުރެވޭ. އިމާރާތެއް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭ. އިމާރާތް ބޭނުންކުރާ މުއްދަތަށް ބަލައި، އެފަދަ ތަނެއް އާންމުކޮށް ކުއްޔަށްދޭ އަގަށް ބަލައި، ވެރިފަރާތަށް ފައިސާ ލިބިދިނުން ޤާނޫނުން ލާޒިމުކުރޭ." އޭޖީ ރިފްއަތު ކުރެއްވި ޓުވީޓްގައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅެއްގައި، ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ވަޒީރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން