އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް އުފަންވާ ކުދިންނަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އެސްޓީއޯގެ ފަރާތުން ހާއްސަ ގިފްޓު ހެމްޕާއެއް ދޭން ފަށައިފި އެވެ.
ރައީސް ޞާލިޙްގެ "ފަޚުރުވެރި ޢާއިލާ" ވަޢުދުގެ ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުމުގެ ޕްރޮގްރާމް އެސްޓީއޯ އިން ފަށާފައިވާއިރު މިފަހަރުގެ ގިފްޓު ހެމްޕާގައި ހިމެނޭ މައިގަނޑު ޕްރޮޑަކްޓުތަކަކީ އެކުންފުނިން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ ޕިޔުރިޓީ ބްރޭންޑުން އަލަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެވެ.
ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދަމުންދާ ޕިޔުރިޓީ ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމް ލިއްބައިދޭ ޕްރޮޑަކްޓްތަކެކެވެ.
ފަޚުރުވެރި ޢާއިލާ" ނަމުގައި އެސްޓީއޯއިން ކުރިއަށްގެންދާ ކެމްޕެއިންގައި މިހާތަނަށް ގިފްޓް ހެމްޕާ ހަވާލު ކުރަމުން ގެންދިޔައީ އައިޖީއެމްއެޗާއި ޓްރީޓޮޕް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް އުފަންވާ ކުދިންނަށެވެ.
އަލަށް އުފަންވާ ކުދިންނަށްދޭ މި ގިފްޓް ހެމްޕާގައި އެސްޓީއޯ އިން އެތެރެކުރާ ގިނަ ބައެއްގެ މަޤްލޫބުކަން ހޯދައިފައިވާ ޕްރޮޑަކްޓްތައް ހިމެނެއެވެ. އެސްޓީއޯއަކީ އަބަދުވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ ކެމްޕޭންތަކެއް ހިންގަމުން އަންނަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު