އެނިމޭޝަންސްއަށް ހާއްސަކޮށް ދިވެހިންތަކެއް އުފައްދާފައިވާ ޕްލެޓްފޯމް ލޮޓީފައިލްސްއަށް އިތުރު 37 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ލިބިއްޖެއެވެ.
ލޮޓީ ފައިލްސްއަށް އިންވެސްޓްމަންޓް ހޯދުމުގެ ދެވަނަ ބުރުގައި 37 މިލިއަން ޑޮލަރު ލިބުނުކަން އެކުންފުނިން ވަނީ އިއުލާނުކޮށްފައެވެ. ލޮޓީފައިލްސްއަށް އިތުރު އިންވެސްޓްމަންޓް ލިބުނުކަން އިއުލާނުކޮށް ބުނެފައިވަނީ މިފަހަރު ފަސް ފަރާތަކުން އެ ކުންފުންޏަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.
މި އިންވެސްޓުމެންޓަށް އެކްސް.ވައި.ޒެޑް ވެންޗަރ ކެޕިޓަލް، ގްރޭޓްޕޮއިންޓް ވެންޗަރސް، ސްކުއާ ޕެގް ކެޕިޓަލް އަދި ކުރީގެ އިންވެސްޓަރުން ކަމުގައިވާ 500 ސްޓާރޓަޕްސް އަދި މައިކްރޮސޮފްޓްގެ ވެންޗަރ ފަންޑް އެމް 12 އިންވެސް އިންވެސްޓުކޮށްފައިވެއެވެ.
ލޮޓީފައިލްސްއިން ބުނީ އެ އިންވެސްޓްމެންޓް ޚަރަދުކުރާނީ ޕްރޮޑަކްޓްގެ ރޯޑްމެޕް ފުޅާކުރުމަށާއި އިތުުރުވަމުން އަންނަ ޔޫޒަރ ބޭސް އަށް ޚިދުމަތްދިނުމަށް އެކުންފުނީގެ އޮޕަރޭޝަންސް ފުޅާކުރުމަށް ކަމަށެވެ. މިއާއެކު އައު ޑިޒައިން ވޯކްފްލޯރ އަދި ކޮލަބޮރޭޝަން ސޮލިއުޝަނެއް މިއަހަރު އުފެއްދުމަށްވެސް ޚަރަދު ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
މިކަމާާ ގުޅިގެން ރާއްޖޭގެ ޓެކޮނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ އެ ކުންފުންޏަށް ތަޙުނިޔާ ދަންނަވައިފައެވެ.
"ޑިޒައިންކުރުމާއި އެމިނޭޝަން އެންމެންނަށް ވެސް ބޭނުންކުރެވޭ އެއްޗަކަށް ހަދައިދިން ދިވެހި ޓީމަށްޓަކައި ފަޚުރުވެރިވަން" ޝައުނާ ވިދާޅުވެފައިވެ އެވެ.
ސޮފްޓްވެއާ އުފައްދާ ދިވެހި ޒުވާނުންތަކެއް އުފައްދާފައިވާ ލޮޓީފައިލްސް ޕްލެޓްފޯމްގެ ބޭނުންތެރިކަމާއި މަގްބޫލުކަން ބޮޑުވެ ލޮޓީފައިލްސް ކުންފުނީގައި މީގެ ކުރިންވެސް މައިކްރޮސޮފްޓުން ވަނީ ނުވަ މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. މީގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނެ އެވެ.
ދިވެހި ޑިވެލޮޕަރުންގެ މޭސްތިރިކަމުގައި 2017 ވަނަ އަހަރު ލޯންޗް ކޮށްފައިވާ ލޮޓީފައިލްސް ޕްލެޓްފޯމް މިހާރު ދުނިޔޭގެ 135،000 އަށް ވުރެ ގިނަ ކުންފުނިން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ގޫގްލް، ޓިކްޓޮކް، ޑިޒްނީ، އޫބާ، އެމެޒޮން، ބީބީސީ އަދި ނެޓްފްލިކްސް ހިމެނެއެވެ. އެ ކުންފުނިތަކުގައި ލޮޓީފައިލްސް ޕްލެޓްފޯމް ބޭނުންކުރާ މީހުން 3 މިލިއަނަށް ވުރެ ގިނަ އެވެ.
ދިވެހި ޑިވެލޮޕަރުން މި ޕްލެޓްފޯމް އުފަންކުރީ ލޮޓީ ފޯމެޓް ބޭނުންކޮށްގެން ތައްޔާރުކުރާ އެނިމޭޝަންތައް ޓެސްޓުކޮށް، ފުރިހަމަކޮށްލަން ބޭނުންކުރެވޭނެ މުޅިން އާ ހިދުމަތެއްގެ ގޮތުގަ އެވެ. މެލޭޝިއާ އާއި ރާއްޖޭގައި ތިބެގެން ލޮޓީފައިލްސް ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

Over 3 Million Users from over 135,000+ companies now use LottieFiles to add motion to designs, apps, websites & social.
— LottieFiles (@LottieFiles) May 3, 2022
A BIG thank you to the entire Lottie Design and Developer community.
We Lottie You ❤️ https://t.co/MAQppce0pA
ސޮފްޓްވެއާ އުފައްދާ ދިވެހި ޒުވާނުންތަކެއް އުފައްދާފައިވާ ލޮޓީފައިލްސް ޕްލެޓްފޯމްގެ ބޭނުންތެރިކަމާއި މަގްބޫލުކަން ބޮޑުވެ ލޮޓީފައިލްސް ކުންފުނީގައި މީގެ ކުރިންވެސް މައިކްރޮސޮފްޓުން ވަނީ ނުވަ މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. މީގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނެ އެވެ.
ދިވެހި ޑިވެލޮޕަރުންގެ މޭސްތިރިކަމުގައި 2017 ވަނަ އަހަރު ލޯންޗް ކޮށްފައިވާ ލޮޓީފައިލްސް ޕްލެޓްފޯމް މިހާރު ދުނިޔޭގެ 135،000 އަށް ވުރެ ގިނަ ކުންފުނިން ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ގޫގްލް، ޓިކްޓޮކް، ޑިޒްނީ، އޫބާ، އެމެޒޮން، ބީބީސީ އަދި ނެޓްފްލިކްސް ހިމެނެއެވެ. އެ ކުންފުނިތަކުގައި ލޮޓީފައިލްސް ޕްލެޓްފޯމް ބޭނުންކުރާ މީހުން 3 މިލިއަނަށް ވުރެ ގިނަ އެވެ.
ދިވެހި ޑިވެލޮޕަރުން މި ޕްލެޓްފޯމް އުފަންކުރީ ލޮޓީ ފޯމެޓް ބޭނުންކޮށްގެން ތައްޔާރުކުރާ އެނިމޭޝަންތައް ޓެސްޓުކޮށް، ފުރިހަމަކޮށްލަން ބޭނުންކުރެވޭނެ މުޅިން އާ ހިދުމަތެއްގެ ގޮތުގަ އެވެ. މެލޭޝިއާ އާއި ރާއްޖޭގައި ތިބެގެން ލޮޓީފައިލްސް ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު