އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރާކަން ހާމަކުރައްވައިފިއެވެ.

މިއަދު ޢާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޝައުނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އާސަންދަ އާއި، ޓެކްސް ނިޒާމް ތަޢާރަފް ކުރުމާއި، ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުން ޝައުނާ ފާހަގަ ކުރެއްވިއެވެ. ޝައުނާ ވިދާޅުވީ 2023 ކާމިޔާބު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރެއްވޭނެ ބޭފުޅަކީ ފައްޔާޒު ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޗެއާޕާސަންކަމަށް އިންތިހާބު ކުރަން އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފަޔާ" ޝައުނާ ވިދާޅުވިއެވެ.

Minister Shauna Endorses Fayyaz Ismail as MDP Chaiperson

#KeehveFaya

Minister of Environment Climate Change & Technology Aminath Shauna#MDPChairperson ah Candidate 2 Fayyaz Ismail ah thaaidhu kuranee keehve

#MDPHIingaalan

#Faya4CP

Posted by MDP Hingaalan on Wednesday, May 4, 2022


ޝައުނާ އިތުރަށް ވިދާޅުވީ ފައްޔާޒާއި އޭނާއަށް އެއްބަސްވެވޭ ކަންތައްތައް މަދު ކަމަށާއި ނަމަވެސް ފައްޔާޒަކީ ކަންކަން ކަންތައްތައް ކޮޅެއްގައި ޖައްސައިދޭ މީހެއް ކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ގިނަ ބޭފުޅުން މިހާރު ވަނީ މި އިންތިޚާބުގައި ފައްޔާޒަށް ތާއިދު އޮތް ކަން ހާމަކުރައްވާފައެވެ. އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު