ފުވައްމުލަކު ކައިރިއަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފުން މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އޭނާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކޯސްޓްގާޑުގެ ޑައިވަރުން 4 ޑައިވް ނިންމާފައިވާކަމަށެވެ. އަދި މިއަދު ކުރި ޑައިވްގައި އެ ސަރަޙައްދުގެ 68 މީޓަރު އަޑީން ޑައިވް ބެލްޓެއް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހޯމަދުވަހުގެ 15:36 ހާއިރު ކަމަށް އެމްއާރްސީސީން ބުނެއެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 14:30 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ ސަޢީދު ހޯދުމަށް ހޯމަދުވަހުވެސް ކަނޑު މަގުން 55 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ސީޖީ ހާބަރ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންކަމަށެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ސަޢީދު ހޯދުމުގެ މަސައްކަތުގައި ފުވައްމުލަކުގެ ޑައިވަރުން ވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.
ހޯމަދުވަހު ހިނގި މިހާދިސާގައި ސައިދާއިއެކު ޑައިވިނަށް ފޭބި މަހުމޫދު ފާއިޒްގެ ޙާލު ގޯސްވެގެން ދ. ކަނޑިންމަ މޯލްޑިވްސްގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރގައި ދަނީ ފަރުވާ ދެމުންނެވެ.
ގެއްލިގެން ހޯދަމުން އަންނަ ސައީދަކީ ފުވައްމުލަކުގައި ޑައިވް ސެންޓަރެއްވެސް ހިންގަމުން އަންނަ ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު