ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެ އެބަލީގައި މަރުވި މީހުންގެ އަދަދު 7 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ، ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 7 ވަނަ މީހާއެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުއްޓާކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
ރާއްޖެއިން ކޯވިޑްގަައި މަރުވެފައިވަނީ ތިން ދިވެހިންނާއި ބަނގްލަދޭޝްގެ ތިން މީހުންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 1700 އިން މައްޗަށް އަރާފައިވާއިރު މިހާރުވެސް ކޯވިޑަށް ފަރުވާދޭ މައި ސެންޓަރު ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލްގައި 12 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ. އެކަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު