ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް ތާއީދު ކުރެވޭނެ މީހެއް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ރައީސް ނަޝީދަށް ރައްދު ދެއްވާފަދަ މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.
ޙަމްދާން މިމޭރުމުން ރައީސް ނަޝީދަށް ރައްދު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށް ތާޢީދު ކުރެއްވުމަށް އެންވަޔަރުމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ނިންމެވީ އެކަމަނާ ވަޒީފާއަށްޓަކައިކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ކަމަށް ބެލެވެއެވެ.
ރައީސް މުޙައްމަދު ނަޝީދު ވަނީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށްފަހިވާގޮތަށް، އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ސާފުވާނެކަމަށް، ވަރަށް ބޮޑަށް ކޯފާ އިސްކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މިކަމަށް އިޝާރާތް ކުރަށްވައި ހަމްދާން ވިދާޅުވީ ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް ތާއީދު ކުރެވޭނެ މީހެއް ކަމަށެވެ. އަދި އެނޫން ގޮތަކަށް އަނެކާއާމެދު ދުށުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ހަމްދާން ވިދާޅުވިއެވެ.
ރައީސް ނަޝީދު މިނިސްޓަރ ޝައުނާގެ ނިންމުމާމެދު ހިތްޕުޅު ހަމަނުޖެހުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އެގޮތުން އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވަނީ ރައީސް ނަޝީދު ލޯބިކުރަށްވަނީ ކޮން ކަހަލަ ޑިމޮކްރެސީއަކާއި ކޮން ކަހަލަ އިންސާނީ ހައްގުތަކަކަށްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
"ކޮންކަހަލަ ޑިމޮކްރަސީއަކާ އިންސާނީ ޙައްޤަކަށްލޯބި ކުރާ މީހެއްތަ ކެނެރީގޭ ނަޝީދުމީ؟ އެހެންއެންމެންގެ ލެޔާދާއޮހޮރައިގެން ނަޝީދުގެ ވަޒީފާ މިލިބެނީ؟ ޕާޓީގެއެންމެންނަކީ ނަޝީދުގެ އަޅުންކަމަށްހަދައިގެން މީހުނާދިމާލަށް އެބަބުނޭ ތިމަންނަގެފޮޓޯޖަހައިގެން ވަޒީފާހޯދިވާހަކަ؟" މޫސަ ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މި ސަރުކާރުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. އެގޮތުން، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި މާލީ ވަޒީރު އިބްރާހިމް އަމީރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީވެސް ދާދުފަހުން ވަނީ ފައްޔާޒަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވާފައެވެ.
ނަމަވެސް، އެ ވަޒީރުންނަށް ސީދާ ރައީސް ނަޝީދު ރައްދު ދެއްވާފައެއް ނުވެއެވެ. މިނިސްޓަރު ޝައުނާ ފާހަގަވެފައިވަނީ އާންމުގޮތެއްގައި ވަރަށް ބޮޑަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އަދި އެމަނިކުފާނުގެ ފަޅީގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް ތާއީދު ކުރެވޭނެ މީހެއް. އެނޫން ގޮތަކަށް އަނެކާއާމެދު ދެކުމަކީ ވަރަށް ދެރަވަރު ކަމެއް.
— Hamdhan (@Ahmed_hamdhan) May 4, 2022
ރައީސް ނަޝީދު މިނިސްޓަރ ޝައުނާގެ ނިންމުމާމެދު ހިތްޕުޅު ހަމަނުޖެހުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އެގޮތުން އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވަނީ ރައީސް ނަޝީދު ލޯބިކުރަށްވަނީ ކޮން ކަހަލަ ޑިމޮކްރެސީއަކާއި ކޮން ކަހަލަ އިންސާނީ ހައްގުތަކަކަށްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
"ކޮންކަހަލަ ޑިމޮކްރަސީއަކާ އިންސާނީ ޙައްޤަކަށްލޯބި ކުރާ މީހެއްތަ ކެނެރީގޭ ނަޝީދުމީ؟ އެހެންއެންމެންގެ ލެޔާދާއޮހޮރައިގެން ނަޝީދުގެ ވަޒީފާ މިލިބެނީ؟ ޕާޓީގެއެންމެންނަކީ ނަޝީދުގެ އަޅުންކަމަށްހަދައިގެން މީހުނާދިމާލަށް އެބަބުނޭ ތިމަންނަގެފޮޓޯޖަހައިގެން ވަޒީފާހޯދިވާހަކަ؟" މޫސަ ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މި ސަރުކާރުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. އެގޮތުން، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި މާލީ ވަޒީރު އިބްރާހިމް އަމީރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީވެސް ދާދުފަހުން ވަނީ ފައްޔާޒަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވާފައެވެ.
ނަމަވެސް، އެ ވަޒީރުންނަށް ސީދާ ރައީސް ނަޝީދު ރައްދު ދެއްވާފައެއް ނުވެއެވެ. މިނިސްޓަރު ޝައުނާ ފާހަގަވެފައިވަނީ އާންމުގޮތެއްގައި ވަރަށް ބޮޑަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އަދި އެމަނިކުފާނުގެ ފަޅީގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު