ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ބަލިމީހާ ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ ބަލިމީހާ ބެއްލެވި ޑޮކްޓަރުން އެކަމަށް ލަފާދިނުމުން ކަމަށެވެ.

މިއަދު 12:07 ހާއިރު މާލެ ގެނެސްފައިވާ ބަލި މީހާއަކީ އުމުރުން 60 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން