މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ވަގުތީ ހިޔަތަކަށް ބަދަލުކުރަނީ
މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ވަގުތީ ހިޔަތަކަށް ބަދަލުކުރަނީ
ތިލަފުށީގައި ބިދޭސީންގެ ބަޔަކު ފުލުހުންނަަށް ހަމަލާދީ ހަމަނުޖެހުން ހިންގުމުން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތިލަފުށީގައި ބިދޭސީން ހިންގި ހަމަނުޖެހުންތަކެއްގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށެވެ.

ބިދޭސީން މިއަދު ތިލަފުށީގައި ހަމަނުޖެހުން ހިންގީ ރޭ ހާޓްއެޓޭކެއް ޖެހިގެން ބިދޭސީއަކު މަރުވުމުން އެކަމާ ރުޅިއައިސްގެން ކަމަށްވެއެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެނގިފައިވެއެވެ.

މިމީހާ މަރުވުމުގެ ހާދިސާ ހިނގީ ތިލަފުށީގައި އައިމާ ކޮންސްޓްރަކްޝަން ކުންފުނީގެ އެތައް ސަތޭކަ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރާތާ ދުވަސް ތަކެއް ވެފައިވަނިކޮށެވެ.

މިއަދުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެސްްްއޯ ފުލުހުންގެ ޓީމެއް ވެސް ވަނީ ތިލަފުއްޓަށް ގޮސްފައެވެ. ހަމަނުޖެހުމުގެ ތެރެއިން ބިދޭސީންތަކެއް ވަނީ ފުލުހުންނަށް ހަމަލާދީފައެވެ. ޢެމައްސަލައިގައި ފުލުހުން ވަނީ ގިނަ ބިދޭސީންތަކެއް ހައްޔަރުވެސް ކޮށްފައެވެ.

މީގެކުރިން މިދިޔަ މޭ މަހުގެ ފަހު ކޮޅުވެސް އެ މީހުން ތިލަފުށީގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ކައިރިއަށް އެއްވެ ހަޅުތާޅު ކޮށްފައިވެއެވެ.

ތިލަފުށްޓަކީ ގިނަ އަދަދެއްގެ ބިދޭސީން ދިއިރުޅޭތަނަކަށް ވުމުގެ އިތުރުން ކޮވިޑާ ގުޅިގެންވެސް ގިނަ އަދަދެއްގެ ބަޔަކު ތިލަފުށީގައި އެކަހެރިކޮށްފައި ވެސް އެބަ ތިބިކަން ފާހަަގަކުރެވެއެވެ.

ތިލަފުށީގައި މިހާދިސާ ހިނގި އިރު ހުސްވި މޭމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގައި ބިދޭސީން ތިބޭ ފެސިލިޓީއެއްގައިވެސް ފުލުހުންނާއި ބިދޭސީންނާ ދެމެދު ހަމަނުޖެހުން ހިނގާ، ފުލުހުންނާ ދިމާއަށް ގޮނޑިއާއި ތަކެތި ބިދޭސީން އުކާފައިވެއެެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ، ހުޅުމާލެ ފެސިލިޓީގައި ތިބި ބިދޭސީންނަށް ކެއުން ގެންދިއުމުގައި ލަސްތަކެއް ދިމާވެގެން ކަމަށް ކަމަށް އެންއީއޯސީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

މަގޭރާއްޖެ

03-Jun-2020

ހުރިހާބޮދުން ހަމަމިހާރު ވަގުތުން ވަގުތަށް ބޭރުކުރަން އަޅުގަޑު ހުށައަޅަން..އެހެން ނޫނީ ރައްޔިތުން ެއެކަންކުރީމަކާ މާރީއްޗެއްނުވާނެ..



ފަހުގެ ލިޔުންތައް

ޓްރެންޑިން