ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ތަސްދިގު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް ހޫދު ވިދާޅުވީ ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ސޯލިހް މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެބިލް ފާސްކުރައްވައި އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވުމާއެކު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު މިވަނީ، އައު ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އަލަށް އިންތިޚާބުވާ ކައުންސިލަރުން މަގާމާއި ހަވާލުވާންދެން އިތުރުކުރެވިފައެވެ. ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުން ނެވެ.



ކިޔުންތެރިންގެ ހިޔާލު


11

އިބްރާހިމް ފަހުމީ

03-Jun-2020

ކޮބާ 35 މަތިވީމަ ނުކައި ނުބޮއި ތޯ ތިބެންވީ.. އެއްވެސް ފުރުސަތެއް ހަމަ ނެތީ ތޯ.. ވޯޓު ހޯދަންވީމަ އާދޭ މަށަށް މަށަށް ކިޔަމުން.. ދެން 35 މަތިވީމާ ވޯޓު ހޯދަން ނާންނާތި.. އިނގޭތޯ.. ކުރީގެ ސަރުކާރުންވެސް މިހެން މިހާރުވެސް ހަމަ އަހަރުމެން ބާކީ.. ފުރުސަތެއްވެސް ނުދެއްވައި ކިހިނެއް އުޅޭނީ..؟ ވަޒީފާނުލިބޭ.. ދައުލަތުން މިކަހަލަ ފުރުސަތުވެސް ނުދޭ.. އެކަމަކު ބަނގާޅީންނަށް ހުރިހާކަމެއް އެބަ ކޮށްދެވޭ..ދޯ؟ އަދި އަމުދުން މިހާރު މަސަތްކަތްވެސް ނުކުރެވޭ.. ސިޓީކައުންސިލުން ބުނީ ވަކި ފަރުދުންނަށް ހުއްދަ ނުދެވޭނެޔޭ.. މާނަޔަކީ ޕެންޝަންގެ ނެތި، ކުންފުނި ނެތް ފަރުދުން ނުކައި ތިބޭށޭތޯ..؟ ކުރީގަ ނަމަ ގޭގެޔަށް ގޮސް މަސަތްކަތް ކޮށްގެ ކައިބޮއި ކުލިދެއްކޭ.. މިހާރު އެފުރުސަތުވެސް ކައުންސިލުން ބަންދުކުރީ..؟ ޔާ ﷲ އަޅަމެންނަށް ގޮތެއް މަގުފަހިކޮށްދެއްވަފާނދޭއެވެ.. އާމީން!



ޓްރެންޑިން