ކ. މާފުށީގައި މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދެ ފިރިހެނުން ކަމަށާއި އޭގެ ތެރެއިން އެކަކީ 20 އަހަރުގެ މީހެއް ކަމަށާއި އަނެއް މީހާގެ އުމުރަކީ 21 އަހަރު ކަމަށެވެ. އަދި އެ ދެ މީހުންވެސް ހައްޔަރު ކޮށްފައިވަނީ މާފުށީގައި އުޅުމަށްފަހު މާލެ އައިތަނުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މާރާމާރީއާއި ގުޅިގެން އެ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަންދެން އެ ދެމީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
މާފުށީގައި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރިއިރު މާލެ އާއި ހުޅުމާލޭގައި އަންނަނީ މިފަހަކަށް އައިސް ގޭންގު މާރާމާރީތަކެއް ހިންގަމުންނެވެ. އަދި އެ މައްސަލަތަކުގައި ވެސް މާލެ ތެރެއިން ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ދުވަސްވަރު މާރާމާރީ ހިންގުން އިތުރުވެފައިވާތީ ފުލުހުންވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު