ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ ހުވަފެން ވަރަށް އަވަހަށް ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙާއި ބައްދަލު ކުރެއްވުމަށްފަހު ޞަޢުދު ވިދާޅުވީ ވިލިނގިލި ދާއިރާގައި ކުރަންހުރި މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޞާލިޙާއި މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ޤައުމު ބިނާކޮށް އާރާސްތުކުރުމަށް ރައީސް ޞާލިޙް ކުރަށްވަނީ ޝުކުރު ޙައްޤު މަސައްކަތެއް ކަމަށް ސަޢުދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވިލިނގިލި - ކޫއްޑޫ ބްރިޖް ހުވަފެން ޙަޤީޤަތަކަށް ވެގެން ދާނެ." މެންބަރު ސަޢުދު ޙުސައިން ވިދާޅުވެފައިވެއެވެ.
ސަޢުދު މި މޭރުމުން އުންމީދީ ވާހަކަފުޅެއް ދައްކަވާފައިވާއިރު ހުވަދުއަތޮޅު ފަސް ރަށެއް ގުޅާލުމަށް ގޮވާލައި ގއ. ނިލަންދޫ ކައުންސިލުން މީގެ ކުރިން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެކަމާ ގުޅިގެން މެންބަރު ސަޢުދު ޙުސައިން އޭރު ވިދާޅުވީ ވިލިނގިލި-ކޫއްޑޫ ބްރިޖްގެ ވިސްނުމަކީ ރަށްރަށުގެ ކައުންސިލްތަކުގެ، ބްރިޖުން ގުޅާލުމުގެ ތަޞައްވަރު ޙަޤީޤަތަކަށް ހެދުން ކަމަށެވެ.
"އަތޮޅުގެ ރަށްތައް ބްރިޖް ކަނެކްޝަނުން ގުޅާލާ އިކޮނޮމިކް އަދި ސޯޝަލް ބެނެފިޓްސް އޭގެ އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބި ދިނުމަކީ މުޅި އަތޮޅުގެ އުންމީދު." މެންބަރު ސަޢުދު ވިދާޅުވެފައިވެއެވެ.
ނިލަންދޫ ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވަނީ ގއ އަތޮޅު ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެކަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމް ކޮށްފައިވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ 12000 މީހުންނަށް އެއްގަމު މަގުން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް އެ ޤަރާރުގައިވެއެވެ.

Raees @ibusolih aa badhaluve Vilingili Dhairaa ge kuran huri muhinmu masakkai thakaai behey gothun mashwarā kurevunu. Iraadha kurrviya Villingili - Kooddoo bridge huvafen hageegathakah vegen dhāne. Gaumu binākoh aarāsthu kurumah Raees kuravva bura masakkaipulhah shukuru haggu. pic.twitter.com/UCfoP08Nvb
— Saud Hussain MP (@SaudVillingili) May 7, 2022
ސަޢުދު މި މޭރުމުން އުންމީދީ ވާހަކަފުޅެއް ދައްކަވާފައިވާއިރު ހުވަދުއަތޮޅު ފަސް ރަށެއް ގުޅާލުމަށް ގޮވާލައި ގއ. ނިލަންދޫ ކައުންސިލުން މީގެ ކުރިން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެކަމާ ގުޅިގެން މެންބަރު ސަޢުދު ޙުސައިން އޭރު ވިދާޅުވީ ވިލިނގިލި-ކޫއްޑޫ ބްރިޖްގެ ވިސްނުމަކީ ރަށްރަށުގެ ކައުންސިލްތަކުގެ، ބްރިޖުން ގުޅާލުމުގެ ތަޞައްވަރު ޙަޤީޤަތަކަށް ހެދުން ކަމަށެވެ.
"އަތޮޅުގެ ރަށްތައް ބްރިޖް ކަނެކްޝަނުން ގުޅާލާ އިކޮނޮމިކް އަދި ސޯޝަލް ބެނެފިޓްސް އޭގެ އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބި ދިނުމަކީ މުޅި އަތޮޅުގެ އުންމީދު." މެންބަރު ސަޢުދު ވިދާޅުވެފައިވެއެވެ.
ނިލަންދޫ ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވަނީ ގއ އަތޮޅު ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެކަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމް ކޮށްފައިވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ 12000 މީހުންނަށް އެއްގަމު މަގުން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް އެ ޤަރާރުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު