މެންބަރު ރާއީ އާއި އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް
މެންބަރު ރާއީ އާއި އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް
ތަރައްޤީގެ ބާނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މުޅި ހދ އަތޮޅު އޮތީ "ގަދަކޮށް" ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާއީ ވިދާޅުވީ ތަރައްޤީގެ ބާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މަކުނުދޫ ދާއިރާގެ 3 ރަށަށް އަންނަމުންދާ ކުރިއެރުން 3 ރަށުގެ ލޮބުވެތި އެމްޑީޕީ މެމްބަރުން ބަލައިގަންނަނީ ނުހަނު ލޯތްބާއި ޝުކުރުވެރިކަމާއި އެކުގައި ކަމަށެވެ. އޭގެ އިތުރުން މުޅި ހދ އަތޮޅު އޮތީ ސަރުކާރާއި އެމްޑީޕީގެ "ހިންގާލާ" ޓީމާއެކު ގަދަކޮށް ކަމަށް ރާއީ ވިދާޅުވިއެވެ.

"މުޅި ހދ ވަނީ ސަރުކާރާއި މިނިސްޓަރ ފައްޔާޒް އަދި ރޮޒޭނާއާއެކު ގަދަކޮށް." މެންބަރު ރާއީ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހަންމަދު ރާއީ މީގެ ކުރިންވެސް ވިދާޅުވެފައިވަނީ، ތަރައްގީގެ ބާނީންނަކީ ރާއްޖޭގެ ވަކި ސަރަހައްދެއް ތަފާތު ނުކޮށް ކުޑައެއް ބޮޑެއް ނުބަލައި ހުރިހާ ހިސާބަކަށް ތަރައްގީ ގެނެސްދޭ ވެރިން ކަމަށެވެ. އެފަދަ ވެރިއަކަށް ހުންނެވީ ރައީސް ޞާލިޙް ކަމަށް ވިދާޅުވެ ރާއީ ވަނީ މީގެ ކުރިންވެސް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ރާއީއަކީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މިނިސްޓަރ ފައްޔާޒަށް ތާއީދު ކުރައްވާ އަދި ފައްޔާޒަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފައްޔާޒަށް ތާއީދު ކުރައްވާ ރާއީ މީގެ ކުރިން ވިދާޅުވީ، މި ކެމްޕެއިންގެ ތެރެއިން ވެރިރަށް މާލޭގައި ދަމާފައި ހުރި ބެނާތަކުން ޕާޓީގެ ހާލަތު ބުނެދޭ ކަމަށާއި އާންމު މެމްބަރުން ދައްކަމުންދާ ވާހަކައާއި ބެނާތަކުގައިވާ ވާހަކަތައް ދިމާވާ ކަމަށެވެ.

އަދި އިންތިގެ ޓީމަށް ނިސްބަތް ކުރައްވައި ރާއީ ވިދާޅުވެފައިވަނީ އެ ޓީމަށް މިހާރު ވަގުތު ދެވިއްޖެ ކަމަށާއި މިހާރު އާންމު މެންބަރުން ބޭނުންވަނީ ބަދަލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު