މިއަދު ފެނުނު ފޮށި
މިއަދު ފެނުނު ފޮށި
ނުރައްކާތެރި އެއްޗެއް އޮތް ކަމަށް ޝައްކުކުރެވިގެން ސިފައިންނާއި ފުލުހުން މިއަދު މާލޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ސަލާމަތީ ބާރުތަކުން މިއަދު މެންދުރު 12:40 ހާއިރު ވަނީ މާފަންނު މިފްކޯ މަސްފިހާރަ ހުންނަ ސަރަހައްދު ބަންދުކޮށް ޙަރަކާތްތެރިވެފައެވެ.

އެ ސަރަހައްދު ބަންދުކޮށް އެތަނުގައި ބޮން ސްކޮޑް ވެސް ހަރަކާތްތެރިވި އެވެ. އެމްއެންޑީއެފުން ބުނީ މާލޭ ސިޓީގެ ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ހުރި ފޮއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެފޮށީގައި ނުރައްކާތެރި އެއްޗެއް ނެތްކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ޝައްކުވާ ފޮށި ބަލައި ފާސްކުރުމަށްފަހު ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން