ދަރަނީގެ މައްސަލަ ބޮޑުވެ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ ކުރީގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބު އަލުން ވުޖޫދަށް ގެނައުމަށްޓަކައި، ހާއްސަ ކޮމެޓީއަކުން އެ ކުލަބުގެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށް އެ ކަމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ ޖެނުއަރީ 2019 ގައެވެ. ނިއު ސަސްޕެންޑްކުރީ އެ ޓީމުގެ ކޯޗުންނަށާއި ބޭރު އަދި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދީފައި ނުވާތީއެވެ. އެފްއޭއެމުން ތަކުރާރުކޮށް އެ ކްލަބަށް ދިން މުހުލަތުތަކުގައި ވެސް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ދެވިފައެއްނުވެއެވެ. އޭގެ ފަހުން ފީފާގެ ޓްރާންސްފާ ބޭން އެއް ވެސް އެ ޓީމަށް ކުރިމަތި ވިއެވެ.
މި މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ހޭދަވެފައިވާއިރު، ދާދިފަހުން ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ނަމުގައި ވެސް ވަނީ ޓީމެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެ ޓީމުގެ ނަމާއި ލޯގޯއަކީ ނިއުރޭޑިއަންޓާއި ވަރަށް އެއްގޮތް ނަމަކާއި ލޯގޯއެއް ކަމަށްވާތީއާއި އަދި ޓީމުގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރޭގައި ވެސް ކުރީގެ ޓީމުގެ މެންބަރުން ހިމެނޭތީ އެޓީމަކީ ނިއުރޭޑިއެންޓްގެ ބަދަލުގައި އުފެއްދި ޓީމެއް ކަމަށް ނިންމައި، އަދި އެ ޓީމަކީ ނިއުރޭޑިއަންޓުކަމަށް ބުނެ ކަމާއިބެހޭ އިދާރާތަކުން ރޭޑިއަންޓް ބަލައިގަންނަން ވެސް ވަނީ ދެކޮޅު ހަދާފައެވެ.
ނަމަވެސް، ނިއުރޭޑިއަންޓު އަލުން ވުޖޫދު ކުރުމަކީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އިންތިހާއަށް ބޭނުންވާ ކަމެއްކަމަށްވާތީ އެކުލަބު ދަރަނިން ސަލާމަތްކޮށް އަލުން ކުލަބު ކޮޅަށް ޖެހުމަށް ހާއްސަ ކޮމެޓީއެއްގެ ދަށުން، އާ ބޯޑެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ދާކަމަށް އެ ކުލަބުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ނިއުރޭޑިއަންޓަކީ އެތައް ދިވެހިންނެއްގެ ލެޔާއި ގުޅިފައިވާ ކުލަބެއް ކަމަށާއި އެ ކުލަބު ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ. އެހެންކަމުން އެކަން ކުރަންވީ ގޮތްތައް ރޭވުމުގެ ކަންކަން މިހާރުވެސް ކުރިޔަށް ދާކަމަށާއި އަލަށް އެކުލަވާލެވޭ ބޯޑާއިއެކު މަސައްކަތްތައް ހިނގައިގަނެ އަލުން ކުލަބު ކޮޅަށް ޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު