ހއ.އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ޑޯނިއާގައި މާލެ ގެނެސްދީފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ ހއ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު މާލެ ގެނެސްދީފައިވާ ކަމަށެވެ.

އުމުރުން 40 އަހަރުގެ މި ބަލިމީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ބަލިމީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލިމީހާ މާލެ ގެނެސްފައިވަނީ މިއަދު 08:54 ހާއިރުއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ އުޅަނދުތަކުގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން