ފުވައްމުލައް ސިޓީގެ ރައްޔިތުން އެއް އަޑަކުން ބުނަނީ އަލުން އެނބުރި މަގުމައްޗަށް ދިއުމަށް ބޭނުންނުވާ ވާހަކަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރަށްވާ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގެ ކެމްޕޭނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު ފައްޔާޒް ވިދާޅުވީ ފުވައްމުލައް ސިޓީގެ ރައްޔިތުން އެއް އަޑަކުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މި ސަރުކާރު ދެމި އޮތުމަށް ބޭނުންވާ ވާހަކަ ކަމަށެވެ. އަދި އަލުން އެނބުރި މަގުމައްޗަށް ނުދިއުން ކަމަށެވެ.
އޭގެ އިތުރުން އެމްޑީޕީގެ "ހިންގާލާ" ޓީމް އޮތީ މި ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން މި ތިބީ ފުވައްމުލައް ސިޓީ ވެސް އެދޭ ގޮތަށް މި ސަރުކާރު ދަމަހައްޓަން." ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ގިނަ ބޭފުޅުން މިހާރު ވަނީ މި އިންތިޚާބުގައި ފައްޔާޒަށް ތާއިދު އޮތްކަން ހާމަކުރައްވާފައެވެ. އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުން އެއް އަޑުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މިސަރުކާރު ދެމިއޮތުން. އަލުން އެނބުރި މަގުމައްޗައް ނުދިޔުން. އަޅުގަނޑުމެން އެންމެން މިތިބީ ފުވައްމުލައް ސިޓީ ވެސް އެދޭ ގޮތަށް މިސަރުކާރު ދަމަހައްޓަން #MDPHingaalan. ޝުކުރިއްޔާ ފުވައްމުލައް ސިޓީ
— Fayyaz Ismail (@faya_i) May 8, 2022
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ގިނަ ބޭފުޅުން މިހާރު ވަނީ މި އިންތިޚާބުގައި ފައްޔާޒަށް ތާއިދު އޮތްކަން ހާމަކުރައްވާފައެވެ. އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު