ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތަށް އެއަތޮޅު ފޯކައިދޫން ވެލި ނަގަމުން ދާތީ، އެކަމާ ދެކޮޅަށް ފޯކައިދޫގައި ބަޔަކު އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ކުޅިވަރާބެހޭ ވުޒާރާގެ އެދުމަކަށް ކުރަމުންދާ މި މަސައްކަތް ހުއްޓުވާފައިވަނީ ފޯކައިދޫއަށް ނިސްބަތްވާ މަދު ޢަދަދެއްގެ ބައެކެވެ. އެގޮތުން، ވެލި ނެގުމަށް ބާޖު ކައިރި ކުރަން ހުރަސް އެޅުމަށް އެމީހުންވަނީ ބާޖްގެ ކުރިމަތީގައި އިށީނދެތިބެ ނުރުހުން ފާޅުކޮށްފައެވެ.
އިޙްތިޖާޖް ކުރަމުންދާ މީހުންގެ ސަބަބުން އިއްޔެ ހަވީރުފެށި މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް މިއަދު ހެނދުނު އަލުން ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް މިއަދުވެސް އެމަސައްކަތް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. ފޯކައިދޫން ފުނަދުއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ލޮރީގެ ވެއްޔެވެ. އެކަމަށް ފޯކައިދޫ ކައުންސިލުން ވަނީ ހުއްދަ ދީފައެވެ.
"ކައުންސިލްގެ 2022 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރީ ވެލި ދިނުމަށް." ފޯކައިދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައިވެއެވެ.
ފުނަދޫގައި އަޅާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތަށް ފޯކައިދޫން ވެލި ނަގަން ޖެހުނީ ފުނަދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އެ މަޝްރޫޢަށް އިތުރު 1.7 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު