މަސްވެރިން މަހަށް ދެވޭނެ މިންގަނޑެއް ކަނޑައަޅައި މަހަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދީ އެ ހުއްދަ މަސްވެރިންނަށް ދިނުމަށް މާލެ ސަރަހައްދުގެ ފްރީލާންސް މަސްވެރިންގެ ފަރާތުން ސަރުކާރަށް ގޮވާލައިފިއެވެ.
މާލެ ސަރަހައްދު ފްރީލާންސް މަސްވެރިންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި ދުވަހު މުސާރައަށް ބަރޯސާވެގެން މަސައްކަތް ކުރަމުންދިޔަ އެތައް މަސްވެރިންނަށް މިވަގުތު އެހެނިހެން އަތޮޅުތަކުގައި މަސައްކަތްކުރާ މަސްވެރިންނަށް ވުރެ ބޮޑެތި ގެއްލުންތަކެއް ތަހައްމަލުކުރަންޖެހިފައިވާ ކަމަށެވެ.
ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މަތިން އެހެން އަތޮޅުތަކުގައި ކޮމާޝަލް މަސްވެރިކަމާއި ކުދި ބޮއްކުރާ ނުވަތަ ޑިންގީގައި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރުމުގެ ފުރުސަތު ސަރުކާރުން މިހާރު ހުޅުވާލާފައިވާއިރު މާލޭގައި ހަމައެކަނި ހުއްދަ ދީފައިވަނީ ކޮމާޝަލް މަސްވެރި ކަމަށް އެކަނި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި މަސްވެރިކަން ކުރާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ސަރުކާރަށް ދައްކަންޖެހޭ ފީއާއި ވިޔަފާރި ހިންގުމަށްޓަކައި ބޭންކު ތަކުން ލޯނު ނަގާފައިވާ ފަރާތްތަކުން އެލޯނު އަދާކުރަމުން އުޅަނދުތައް ޕާކްކުރުމަށް ދެވިފައިވާ ޒޯނަށް މަހުން މަހަށް ފީ ދައްކަންޖެހޭއިރު އެމީހުންނަކީ ގަވާއިދުން އުޅަނދުތައް ސާވިސް ކުރަމުންދާ ބަޔަކަށްވާތީ މި އިގްތިސާދީ ހީނަރު ކަމުގައި މިއީ ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފްރީލާންސް މަސްވެރިންނަށް މަހަށް ދެވޭނެ މިންގަނޑެއް ކަނޑައަޅައި މަހަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދީ އެ ހުއްދަ މާލެ ސަރަހައްދުގެ މަސްވެރިންނަށް ދިނުމަކީ އާމްދަނީ ހޯދުމަށް މަސްވެރިންނަށް ލިބިގެންދާނެ މަގަކަށް ވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"މިދަނޑިވަޅުގައި މާލެ ސަރަހައްދުގައި ދުވަހު އާމްދަނީ އަށް މަސައްކަތްކުރާ މަސްވެރިންނަށް ކުދި ދޯނި އަދި ލޯންޗު ފަހަރުގެ ކުޑަބޮޑު މިނަށް ބަލައި މަސްވެރިންނަށް މަހަށް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި ސަރުކާރުން މިންގަނޑުތަކެއް ކަނޑައަަޅުއްވައި މަސްވެރިން މިދަތި އުދަނގޫ ދަނޑިވަޅުން އަރައިގަތުމަށްޓަކައި އެހީތެރިވުމަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދެއްވުމަކީ މިވަގުތު އާމްދަނީ ލިބޭނެ ގޮތެއް ނެތިފައި ތިބި އެތައް މަސްވެރި އާއިލާތަކަށް ލުޔެއްކަމުގައި ދެކެމެވެ." ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.
ފްރީލާންސްކޮށް ނުވަތަ ދުވަހު އާމްދަނީ ހޯދުމަށް ކުދި އުޅަނދު ފަހަރުގައި މާލެ ސަރަހައްދުގައި ކުރާ މަސްވެރިކަމަކީ އެ މަސައްކަތުން ފުދޭ ވަރެއްގެ އާމްދަނީ ލިބޭ މަސައްކަތެއްކަން ފާހަގަ ކޮށްލެވެއެވެ.
ކަޅުބިލަމަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަކީ އާންމުކޮށް ހުޅުވާލެވިފައިވާ ސިނާޢަތަކަށް މިހާރު ހަދާފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު