ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ކޮމަންވެލްތުން ހިންގާ ކޯސްތަކެއްގައި ބައިވެރި ވުމަށް ރާއްޖެއަށް 50 ޖާގަ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމެންޓުން ބުނެފިއެވެ.
މި ޕްރޮގްރާމްގައި 200 ޔުނިވާސިޓީއެއްގެ އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ކޯސް ހިންގާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ގައުމުތަކަށް ދީފައިވާއިރު، ރާއްޖެއިން މި ކޯސްތަކުގައި ބައިވެރިވާނެ 50 ޒުވާނުން ހޮވާނީ އެކަމަށް އެދި އެންމެ ފުރަތަމަ ހުށަހަޅާ 50 ފޯމުގެ ތެރެއިން 25 އަަންހެންކުދިންނާއި 25 ފިރިހެން ކުދިންނަށް ފުރިސަތު ދޭ ގޮތަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ކޯސްތަކަކީ އޮންލައިންކޮށް ކުރިއަށް ގެންދާ ކޯސްތަކަކަށް ވުމާއެކު މި ޕްރޮގްރާމަށް ހޮވޭ ދިވެހި 50 ޒުވާނުންނަށް ޔޫތު މިނިސްޓްރީއިން ކޯހުގެ މަސައްކަތްތަކަށް ބޭނުންވާ އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އަދި ކޯހަށް ނޮމިނޭޓްވާ ފަރާތްތަކުގެ ނަންތައް މި މަހުގެ 15 ގައި މިނިސްޓްރީން ކޮމޮންވެލްތަށް ފޮނުވާނެ ކަމަށާއި، ކޯސްތަކުން ފުރުސަތު ލިބޭ ފަރާތްތަކާ، އެއަށްފަހު ވާހަކަ ދައްކާނީ ކޮމޮންވެލްތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ކޯހުސްތަކުގައި ބައިވެރިވުމަށް އެދޭ ޒުވާނުން މިމަހުގެ 14 ގެ ކުރިން ހުރިހާ ޑޮކިއުމެންޓްތަކާ އެކު ޔޫތު މިނިސްޓްރީއަށް ފޯމް ހުށައަޅަން ޖެހެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުމުގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ގިނަ ޢަދަދެއްގެ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރައިން ބައެއް އުނިކުރި މީހުން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު