ޑިޒައިން އެންޑް ބިލްޑް އުސޫލުން ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުމާލޭގައި ގާއިމުކުރާ "އެސްއެމްއީ ޕާކް" އަޅައިދޭނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފިއެވެ.
އެސްއެމްއީ ޕާކު އަޅަން އަލުން ހުޅުވާލީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މިދިޔަމަހުގެ ތެރޭގައި ކުރި ފުރަތަމަ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުންނެވެ. އެ އިއުލާނު ބާތިލްކޮށް އަލުން ކުރި އިއުލާނުގައި ވަނީ، މައުލޫމާތު ސާފުކުރަން ޖެހެނީ މިމަހުގެ 16 ގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ 12 އެވެ.
މިތަން ޢިމާރާތްކުރަނީ 6 ފަންގިފިލާއަށެވެ. ހުޅުމާލޭގައި 5،000 އަކަފޫޓުގެ ބިމެއްގައި ޤާއިމުކުރާ "އެސްއެމްއީ" ޕާކުގައި މޭކާ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓުތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅު ފެންވަރެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތިން، 'ވެލިއު އެޑެޑް' އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީސީސީން ހާމަކޮށްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ މާލޭގައި 3 ފަންގިފިލާގެ އެސްއެމްއީ ހަބެއްވެސް އިމާރާތްކުރަމުންނެވެ. މިތަނުގެ ފުރަތަމަ ފަންގިފިލާ ވަރަށް އަވަހަށް ހުޅުވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު