އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަ ކުރަށްވާ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލަކީ ކޮންމެ ކަމެއްގައިވެސް ޢަމަލީ ނަތީޖާ ނެރެދެއްވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ޢަލީ ރިޒާ މިބީދައިން ވިދާޅުވީ މިނިސްޓަރ ފައްޔާޒުގެ "ހިންގާލަން" ޓީމުން ޢާއްމުކުރި ވީޑިއޯ މެސެޖެެއްގަައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން އެޕާޓީގެ ލީޑަރޝިޕްގައި އިސްދައުރެއް އަދާކުރަށްވާ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަކީ ދައުރު ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އިންތިޚާބުކުރާ މަޤާމެއް ކަމަށެވެ.
އަލީ ރިޒާ ވިދާޅުވީ އެމްޑީޕީގެ މިދައުރުގެ ޗެއަރޕާސަނަކަށް ފައްޔާޒަށް ތާޢީދުކުރި މައިގަނޑު ސަބަބަކީ މިހާރު ޕާޓީ އޮތް ހާލަތާއި ޕާޓީގެ ހިންގުމަށް ކުރިމަތިވެފައިވާ ހީނަރުކަމުން ސަލާމަތްކޮށްދެވޭނެ ބޭފުޅަކީ ފައްޔާޒުކަމަށް ޤަބޫލު ކުރަށްވާތީ ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީއަކީ ވަރުގަދަ ހިންގުންތެރި ޕާޓީއަކަށް ހެދޭނީ މިވަގުތު ފައްޔާޒަށް ކަމަށް އަލީ ރިޒާ ވިދާޅުވިއެވެ.
"ފައްޔާޒަކީ އެކަމެއް ކުރަން ނުކުމެއްޖެއްޔާ ވަރަށް ޤާބިލްކަމާ އެކީގައި, ވަރަށް މަސައްކަތް ކުރަށްވާ ބޭފުޅެއް. ވަރަށް އިތުބާރާއެކީ ވަރަށް ޔަޤީންކަމާ އެކީގައި ބުނަން ބޭނުންވާ ކޮންމެ ބަހެއް ބުނެގެން ކުރަން ބޭނުންވާ ކޮންމެކަމެއް ކޮށްގެން ޢަމަލުން އެކަން ދައްކާ ބޭފުޅެއް." ޢަލީ ރިޒާ ވިދާޅުވެފައިވެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެެ. މިއިންތިޚާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެ މުޅި ޕާޓީ ދެބަޔަކަށް ބެހިފައެވެ. އަދި ޕާޓީގެ ދެ މި ފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

#KeehveFaya
#Faya4CPPosted by MDP Hingaalan on Monday, May 9, 2022
Part 1/2
Sh. Milandhoo Dhaaira ge MP Ali Riza #MDPChairperson ah Candidate 2 Fayyaz Ismail ah thaaidhu kuranee keehve
#MDPHingaalan
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެެ. މިއިންތިޚާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެ މުޅި ޕާޓީ ދެބަޔަކަށް ބެހިފައެވެ. އަދި ޕާޓީގެ ދެ މި ފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު