ސިނާއީ ރަށެއް ކަމަށްވާ ތިލަފުށީގައި މިއަދު ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ހަތް މީހުން ފިޔަވައި އެހެން މީހުން ދޫކޮށްލައިފައިވާ ކަމަށް ފުލުުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިހާރު ތިލަފުށީގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވާފައިވާ ކަމަށާއި ކުރިމަތިލުންތަކުގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
ހަމަނުޖެހުންތަކުގައި 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ހަތް ބިދޭސީން ކަމަށާއި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ކޯވިޑް-19 އާ ގުޅިގެން ލޮކްޑައުން ކޮށްފައި އޮތް ތިލަފުށީގައި ތިބި ބިދޭސީން ހަމަނުޖެހުން ހިންގަން މެދުވެރި ސަބަބެއް ފުލުހުން ނުބުނެއެވެ. އެހެން ނަމަވެސް މީގެކުރިން ވެސް އެމީހުން ވަނީ ތިލަފުށީގައި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު