އައްޑޫ ސިޓީ
އައްޑޫ ސިޓީ
މީގެ އަހަރުތަކެއް ކުރިން ގާމަންޓް ފެކްޓަރީތަކެއް ހިންގި އައްޑޫގައި އަލުން އެފަދަ ފެކްޓަރީއެއް ހަދަން ނިންމައި، އެކަމާ ގުޅޭ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފި އެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން، ބީސީސީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގާމެންޓް ފެކްޓަރީގެ މަސައްކަތްތަކަށް ފަށައިގަތުމަށް ބޭނުންވާ ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ބޭނުންވާކަމަށެވެ. ގާމެންޓް ފެކްޓަރީގެ މަސައްކަތަށް ކޮންސަލްޓަންސީ ދޭން ބޭނުންވާ ފަރާތްތަކުން އެކަމަށްއެދި ހުށަހެޅުގެ މުއްދަތު ހަމަވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ބީސީސީން ބުނީ ކޮންސަލްޓަންސީގެ މަސައްކަތަށް ލިބޭނީ ހަ މަސް ދުވަސް ކަމަށެވެ.

ދެހާސް ވިހިވަނަ އަހަރު ވެސް ބީސީސީން ވަނީ އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީ އަޅަން ބީލަމަށް ހުޅުވާލައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

އައްޑޫ ގަމުގައި މީގެ އަހަރުތަކެއް ކުރިން ސްރީ ލަންކާގެ ކުންފުނިތަކުން ގާމަންޓް ފެކްޓަރީތަކެއް ހިންގި އެވެ. ގަމުގައި ހިންގި ގާމަންޓް ފެކްޓަރީތަކުން އައްޑޫގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ގޮސްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ މާލޭގައި 3 ފަންގިފިލާގެ އެސްއެމްއީ ހަބެއްވެސް އިމާރާތްކުރަމުންނެވެ. މިތަނުގެ ފުރަތަމަ ފަންގިފިލާ ވަރަށް އަވަހަށް ހުޅުވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން